290 ބައިވެރިންނާ އެކު ފޭލި ގުރުއާން މުބާރާތް ފަށައިފި

ފޭލި ޤުރްއާން މުބާރާތުގައި މިރޭ ބައިވެރިއަކު ކިޔަވަނީ. މި މުބާރާތް ކުރިއަށްދާނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް– ފޮޓޯ /ފޭލި

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް ފޭލި ޖަމިއްޔާގެ ގުރުއާން ކިޔެވުމުގެ މުބާރާތް، 290 ބައިވެރިންނާ އެކު މިރޭ، ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ފަށައިފި އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް އަންނަ އަންގާރަ ދުވަހާ ހަމައަށް އޮންނާނެ އެވެ.

ފޭލި ޤުރްއާން މުބާރާތުގައި މިރޭ ބައިވެރިއަކު ކިޔަވަނީ. މި މުބާރާތް ކުރިއަށްދާނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް– ފޮޓޯ /ފޭލި

ފޭލި ޖަމިއްޔާގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި އަހަރުގެ މުބާރާތުގައި ހިތުން ކިޔެވުމުގެ ގޮފީގައި 76 ބައިވެރިން އަދި ބަލައިގެން ކިޔެވުމުގައި 214 މީހުން ބައިވެރިވެފައިވާ ކަމަށެވެ.

ކޮންމެ ދުވަހެއްގައި ވެސް ތިން ސެޝަނަކަށް ކުރިއަށްދާ މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފުލާ ބާއްވަން ހަމަޖައްސާފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ހެނދުނު އެވެ.

މި އަހަރުގެ މުބާރާތުގައި ވަކި އުމުރުފުރާތަކެއް ވަނީ ކަނޑައަލާފަ އެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ބައިވެރިވެވެނީ 4 އަހަރުން މައްޗަށެވެ. އެގޮތުން މިއީ އެ ޖަމިއްޔާއިން މި މުބާރާތް ބާއްވާ 16 ވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.