
ފަގީރުންގެ ގޮތުގައި ބ. އޭދަފުށީން ރަޖިސްޓްރީކޮށްފައި ވަނީ ދިހަ މީހުން ކަމަށާއި ޒަކާތު ފައިސާއިން ކޮންމެ ފަގީރަކަށް މި ފަހަރު 5000 އަށްވުރެ ގިނަ ރުފިޔާ ލިބޭ ކަމަށް މިރަށު ކައުންސިލުން ބުނެފި އެވެ.
ރަށު ކައުންސިލްގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ އޭދަފުށީން 2948 މީހުން ޒަކާތް ދައްކާފައިވާ ކަމަށާއި ޒަކާތުގެ ގޮތުގައި މިއަހަރު 51,512.00ރ. އާއި 28 ކިލޯ 200 ގްރާމުގެ ހަނޑޫ ލިބުނު ކަމަށެވެ.
މި ފައިސާ ފަގީރުންގެ މެދުގައި ބަހާލުމުން ކޮންމެ މީހަކަށް 5,151.20ރ. އަދި 2 ކިލޯ 618 ގްރާމު ހަނޑޫ ލިބެ އެވެ. މިރޭ 9:30 އިން ފެށިގެން ޒަކާތް ބަހަން ވަނީ ހަމަޖައްސައިފަ އެވެ.
މިދިޔަ އަހަރު މި ރަށުގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވީ 9 މީހުންނެވެ. އެއިން ކޮންމެ މީހަކަށް މިދިޔަ އަހަރު 7،000 އަށްވުރެ ގިނަ ރުފިޔާ ލިބުނެވެ.
