ފޭލިން އީދު ހަދިޔާ ބަހައިފި

ފޭލި މެންބަރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންތަކަކަށް މިއަދު އީދު ހަދިޔާ ދިނުމަށް ފަހު އެ ކުދިންނާ އެކު ފޮޓޯއަކަށް ހުއްޓިގެން.— ފޮޓޯ: ފޭލި ޖަމިއްޔާ

މިއަދު ފާހަގަކުރާ މި އަހަރުގެ ފިތުރު އީދު ދުވަހާ ގުޅުވައިގެން އޭދަފުށީގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފޭލިން އީދު ހަދިޔާ ބަހައިފި އެވެ.

ފޭލި ޖަމިއްޔާގެ ނައިބް ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ، މިއަދު ހެނދުނު އީދު ނަމަށްފަހު، އޭދަފުށީގައިތިބ 18 އަހަރުންދަށުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގޭގެއަށް ޒިޔާރަތް ކޮށް އީދު ހަދިޔާ ބަހާފައިވާ ކަމަށެވެ. ހަދިޔާ ބެހުމުގައި ބައިވެރިވީ ފޭލި ޖަމިއްޔާގެ މެންބަރުންނެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުއްޖަކަށް ފޭލީގެ މެންބަރަކު މިއަދު އީދު ހަދިޔާ ދެނީ.—ފޮޓޯ: ފޭލި ޖަމިއްޔާ

ފޭލިން ބުނި ގޮތުގައި އީދު ހަދިޔާ ބަދަލު ކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތަކަށް ވެފައި މިފަދަ ހަރަކާތެއް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ބޭއްވުމަކީ އީދުގެ އުފަލުގައި އެންމެން ބައިވެރި ކުރުމަށް ލިބޭ ފުރުސަތެކެވެ. އަދި އެކުޑަކުދިން ބޭނުންވާ ހަދިޔާ ދިނުމަކީ އެ ޖަމިއްޔާއަށް ލިބޭ އުފަލެއް ކަމަށް ވެސް ފޭލި ޖަމިއްޔާއިން ބުންޏެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުއްޖަކަށް ފޭލީގެ މެންބަރަކު މިއަދު އީދު ހަދިޔާ ދެނީ.—ފޮޓޯ: ފޭލި ޖަމިއްޔާ
ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުއްޖަކަށް ފޭލީގެ މެންބަރަކު މިއަދު އީދު ހަދިޔާ ދެނީ.—ފޮޓޯ: ފޭލި ޖަމިއްޔާ

“ފިތުރު އީދުގެ އުފާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުން އަންނައިރު، މިއީ އީދު އުފަލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންވެސް ބައިވެރިވެ ފާހަގަކުރަން ކުރިއަށް ގެންދިޔަ ހަރަކާތެއް،” ރަޝީދު ވިދާޅުވި އެވެ.

ފޭލިން ބުނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިން ހަދިޔާގެ ތެރޭގައި ބޭނުންތެރި އެއްޗެހި ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި ކިއެވުމަށް ބޭނުންވާ ތަފާތު އެއްޗެހި އަދި ކުޅޭ އެއްޗެހި ހިމެނެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުއްޖަކަށް ފޭލީގެ މެންބަރަކު މިއަދު އީދު ހަދިޔާ ދެނީ.—ފޮޓޯ: ފޭލި ޖަމިއްޔާ

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ފޭލިން ވަނީ ގިނަ ހަރަކާތްތަކެއް ވެސް މީގެ ކުރިން ހިންގައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.