މަންތާ އެއާ ގެ ދަތުރުތައް އޮކްޓޯބަރުމަހު ފަށަނީ

އަލަށް އުފައްދާ މަންތާއެއާގެ މަތިންދާބޯޓެއްގެ ކުރެހުމެއް. އެ އެއާލައިންގެ އޮޕަރޭޝަން އަންނަ އޮކްޓޯބަރު މަހު ފަށާނެ. ފޮޓޯ: މަންތާ އެއާ

ސީ ޕްލޭނާ އެކު، ރާއްޖޭގައި އަލަށް ޑޮމެސްޓިކް އެއާލައިނެއްގެ ޚިދުމަތްފަށަން ތައްޔާރުވަމުން އަންނަ “މަންތާ އެއާ” ގެ ދަތުރުތައް އަންނަ އޮކްޓޯބަރު މަހު ފަށަން ތައްޔާރުވެއްޖެ އެވެ.

މަންތާ އެއާގެ ދަތުރުތައް ފަށައިގަންނައިރު، ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދ. ކުޑަހުވަދުއަށާއި ރ. އިފުރު، ބ. ދަރަވަންދޫ އަދި ތ. ތިމަރަފުއްޓަށެވެ. އެގޮތުން އެ އަތޮޅުތަކުގެ 20 ރިސޯޓްތަކަށް އެ އެއާލައިނުން ފަތުރުވެރިން އުފުލާނެ ކަމަށް މަންތާ އެއާ އިން ބުނެއެވެ.

މަންތާ އޭވިއޭޝަންގެ ނަމުގައި ހެދި ކުންފުނިން ނިންމާފައި ވަނީ ފުރަތަމަ ފަށައިގަންނައިރު ހަތަރު ސީ ޕްލޭން އަދި އޭޓީއާރު މަރުކާގެ 72 މީހުންގެ ޖާގައިގެ ތިން ބޯޓު ބޭނުން ކުރާ ގޮތަށެވެ.

މަންޓާ އެއާލައިން ހިންގާ ކުންފުނީގެ ސީއޯއޯ މުހައްމަދު ހަލީލް ވިދާޅުވީ މަންޓާ އެއާލައިން އުފެއްދީ މިހާރު ރާއްޖޭގައި ދަތުރުކުރާ ޑޮމެސްޓިކް އެއާލައިނަށް އެކަށީގެންވާ ޚިދުމަތެއް ނުދެވޭތީ އެވެ.

“އަޅުގަނޑުމެން ފްލައިޓްތަކުގެ ޝީޓްތައް މަދުކުރާނަން. އެއީ ފަސެންޖަރުންނަށް ފަސޭހަ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް. ބިޒްނަސް ކްލާސްގެ ޚިދުމަތް ދިނުމަށް ވެސް އަޅުގަނޑުމެން މަސައްކަތް ކުރާނަން.” މުހައްމަދު ހަލީލް ޓީޓީޖީ ނިއުސް އަށް ވިދާޅުވި އެވެ.

“މަންތާ އެއާ” ގެ ނަމުގައި އާ އެއާލައިނެއް އުފައްދަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އެންމެ ވަރުގަދަ އެއް ކުންފުނި، ޔުނިވާސަލް އެންޓަޕްރައިސަސްގެ ބައެއް ހިއްސާދާރުންނާއި ދާލު އެއާޕޯޓު އަދި ކަނޑިންމަ ރިސޯޓު ވެސް ހިންގާ ރިއޮލޯ އިންވެސްޓްމެންޓު ގުޅިގެންނެވެ.

ރާއްޖޭގައި މިވަގުތު އެތެރޭގެ އުދުހުމުގެ ޚިދުމަތް ދެނީ ސަރުކާރުގެ ވައިގެ ކުންފުނި، އައިލެންޑް އޭވިއޭޝަނާއި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ އެއާ އެވެ. އަދި، ސީ ޕްލޭންގެ ޚިދުމަތް އައިލެންޑް އޭވިއޭޝަންގެ އިތުރުން ޓީއެމްއޭ އިން ވެސް ދެމުން ގެންދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.