އެމްއެންޔޫއެސްޔޫ ގެ ޝަރަފުވެރިކަމުގެ އިނާމު އަބްސީ އަށް

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާ، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ ސްޓޫޑަންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ) ގެ ޝަރަފުވެރިކަމުގެ އިނާމު އޭދަފުށީ ދިލްކަޝްގޭ އަބްދުއްރަޝީދު އަލީ (އަބްސީ) އަށް ލިބިވަޑައިގެންފި އެވެ.

ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހަފުލާގައި އަބުސީއަށް އެވޯޑު ހަވާލުކޮށްދެއްވީ އެމްއެންޔޫއެސްޔޫގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު ޝާން އާމިރެވެ.

ޝަރަފްވެރިކަމުގެ އިނާމު އަބްސީ އަށް ލިބިވަޑައިގެންނެވިއިރު، އޭނާ އަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް އެކި ސިފައިގައި ގިނަ އަހަރު ތަކެއްގައި އަގުހުރި ޚިދުމަތްތަކެއް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އެގޮތުން އެންމެ ފާހަގަކުރެވެނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގައި އޭނާ ހޭދަކުރެއްވި ދުވަސް ތަކުގައި ކުރައްވާފައިވާ ޚިދުމަތްތަކެވެ. އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ ފެކަލްޓީގެ ފަރާތުން ދެއްވި ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގެންނެވި އިރު މިއަދު އޭނާއަކީ އެމްއެންޔޫ ފެކަލްޓީ އޮފް އާރޓްސްގެ ޑިރެކްޓަރ ޖެނެރަލް އެވެ. އަބްސީ ވަނީ އެ ފެކަލްޓީގެ ޑީންގެ މަގާމުވެސް ފުރުއްވާފައެވެ.

އަބްސީގެ އިތުރުން އެމްއެންޔޫއެސްޔޫގެ ޝަރަފުވެރިކަމުގެ އިނާމު ހަތަރު ބޭފުޅަކަށް ލިބިވަޑައިގެންނެވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.