އީދު ބަންދުގައި ރޯޔަލްއަށް 370 ދިވެހިން ޗުއްޓީއަށް!

ރޯޔަލް އައިލެންޑްގެ ޕޫލުގައި ކުޑަ ކުދިންތަކެއް ފަތަނީ: މިފަހަރު އީދު ބަންދާ ދިމާކޮށް 300 ވުރެ ގިނަ ދިވެހިން އެ ރިސޯޓަށް ދިޔަ.

މިދިޔަ ކުޑަ އީދު ބަންދުގައި 370 އަށް ވުރެ ގިނަ ދިވެހިން ރޯޔަލް އައިލެންޑް ރިސޯޓުގައި އާއިލާއާއެކު ޗުއްޓީ ހޭދަކޮށްފި އެވެ.

ވިލާ ހޮޓެލްސް އިން ބ. އަތޮޅުގައި ހިންގާ އެ ރިސޯޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިދިޔަ ކުޑަ އީދު ބަންދު ތެރޭގައި އެ ރިސޯޓުގައި 370 ވަރަކަށް ދިވެހިން ޗުއްޓީ ހޭދަކުރި އެވެ. އަދި މި މަހުގެ 15-17 އަށް ކޮންމެ ދުވަހަކު ވެސް އެވްރެޖްކޮށް ސަތޭކައެއްހާ ދިވެހިން އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީދު ޗުއްޓީގައި ރޯޔަލް ދިޔަ ދިވެހިންގެ ބަޔަކު ޕޫލް ކައިރީ މަޑުކޮށްލައިގެން

“ރޯޔަލް އައިލެންޑް މިހާރު މިވަނީ ވަރަށް ބޮޑަށް ދިވެހިންނަށް ކަމުގޮސްފައި. އޭގެ ހެއްކެއް މިހާރު އެންމެ ގިނަ ދިވެހިން އާއިލާއާއެކު ޗުއްޓީ ހޭދަކުރަން އަންނަ އެއް ރިސޯޓަކީ މިއީ،”

ރޯޔަލް އައިލެންޑުން އީދު ބަންދާ ދިމާކޮށް ވިއްކި އެ ޕެކޭޖްގައި ހިމަނާފައި ވަނީ އެ ރިސޯޓުގެ ބީޗް ވިލާ ނުވަތަ ގާޑަން ވިލާގައި ހުރުމާއި ތިން އިރުގެ ކެއުމެވެ. އެ ޕެކޭޖުގައި ނެގީ ދެ މީހަކަށާއި ކުޑަ އެއް ކުއްޖަކަށް ރެއަކަށް 1999ރ. އެވެ. އޭގެ އިތުރުން ދަތުރުގެ ހަރަދުގެ ގޮތުގައި ބޮޑު މީހަކަށް 800ރ. އަދި ކުޑަކުއްޖަކަށް 500ރ. ވަކިން ޗާޖުކުރި އެވެ. އޭދަފުށިން ރިސޯޓަށް ދާން ބޭނުންވާ ފަރާތްތަކަށް ރިސޯޓުން ހިލޭ ދަތުރު ހަމަޖައްސައިދިނެވެ.

އީދު ޗުއްޓީގައި ރޯޔަލްއައް ދިޔަ ބަޔަކު މިޔަރަށް ކާންދެނީ

މި ޕެކޭޖްގެ ދަށުން މިމަހުގެ ނިޔަލަށް އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.