ބެއްލާ ވިސްޓާގައި ވޯލްޑްކަޕް ފޯރި، ހާއްސަ ޕްރޮމޯޝަނަކާ އެކު!

ބެއްލާ ވިސްޓާ ރެސްޓޯރަންޓްގަިއ މިރޭ ބަޔަކު މެޗު ބަލަނީ

މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕާ ގުޅުވައިގެން ބެއްލާ ވިސްޓާ ރެސްޓޯރަންޓުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބެއްލާ ވިސްޓާ ރެސްޓޯރަންޓުގެ ވެރިޔާ މުޖުތަބާ (މުޖޭ) ބުނިގޮތުގައި “ބެއްލާ ވިސްޓާ ވޯލްޑްކަޕް ފޯރި 2018” ގެ ނަމުގައި އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާއާއި ފްރެންޑްމީ ފިހާރަ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އެ ރެސްޓޯރަންޓުގައި ރޭގަނޑު 10:00 ން 12:00 އަށް މެޗުބަލަން އަންނަ ކަސްޓަމަރުންނަށް ރޭގަނޑުގެ ކެއުންތަކުން 10 ޕަސެންޓާ 15 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ލިބޭނެ އެވެ.

މީގެ އިތުރުން، މި ޕްރޮމޯޝަންތެރޭ އެ ރެސްޓޯރަންޓުން ހިދުމަތް ހޯދާ ފަރާތަތަކުގެ ތެރެއިން ސަތޭކަ ރުފިޔާއިން މަތި ޚަރަދުކޮށްގެން 20 ޕަސެންޓްގެ ޑިސްކައުންޓް ވައުޗާރ އެއްވެސް ލިބޭނެ ކަމަށް އެ ރެސްޓޯރަންޓުން ބުންޏެވެ.

“އެ ޑިސްކައުންޓް ވައުޗާއިން ފްރެންޑްމީ އަދި ފްރެންޑްމީ ސްޓައިލުން ކުރައްވާ ވިޔަފާރިން 20 ޕަސެންޓުގެ ޑިސްކައުންޓްވެސް ލިބިގެންދާނެ،” މުޖޭ ބުންޏެވެ.

އެ ރެސްޓޯރަންޓްގައި މެޗުތައް މެޗުތައް ދައްކާނީ އެޗުޑީ ޕްރޮޖެކްޓަރުން 8 ފޫޓު، 7 ފޫޓުގެ ސްކްރީނުންނެވެ. މީގެ އިތުރުން އިތުރު ބޮޑު ދެ ޓީވީ ވެސް ވޯލްކަޕް މެޗުތައް ދެއްކުމަށް ހާއްސަކޮށްފައިވެ އެވެ.

ބެއްލާ ވިސްޓާ ރެސްޓޯރަންޓުން ބުނީ ވޯލްޑް ކަޕްގެ ނިޔަލަށް، ޕްރޮމޯޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޕްރޮމޯޝަންގެ ބޭނުމަކީ ކަސްޓަމަރުންގެ މެދުގައި ވޯލްޑް ކަޕްގެ ފޯރި ގަދަކުރުން ކަމަށް ވެސް އެ ރެސްޓޯރަންޓުން ބުނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ފެށި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް އަންނަ މަހުގެ 15އާ ޖެހެންދެން ކުރިއަށް ދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.