ސްކޫލް ކުދިންނަށް ޚާއްސަ ކޮމްޕިއުޓަރ ކޯހެއް ފަށަނީ

އެމްއޭއެމް ބިޒްނަސް ސްކޫލުން ގެމަނަފުށީގައި ކުރިއަށްގެންދާ ކުޑަކުދިންގެ ކޮމްޕިއުޓާ ކޯހުގެ ތެރެއިން: ފޮޓޯ:އެމްއޭއެމް ބިޒިނަސް ސްކޫލް

އެމްއޭއެމް ބިޒްނަސް ސްކޫލުން، ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން އޭދަފުށީގައި ކޮމްޕިއުޓަރު ކޯހެއް ފަށަން ތައްޔާރުވެއްޖެ އެވެ.

“އިންފޮމޭޝަން ޓެކްނޮލޮޖީ ފޯ ކިޑްސް” ގެ ނަމުގައި ފަރުމާކޮށްގެން ދިހަ ދުވަހުގެ މުއްދަތަށް ހިންގާ މިކޯހަކީ 30 ގަޑިއިރުގެ ކޯހެކެވެ.

އެމްއޭއެމް ބިޒްނަސް ސްކޫލުން ބުނި ގޮތުގައި މި ކޯހުގައި ކިޔަވައި ދެއްވާނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ދިވެހި ލެކްޗަރާއިންނެވެ. މިކޯހުގައި ގްރޭޑް 1ން ފެށިގެން 10 ގެ ދަރިވަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.

ކޯހުގައި ބައިވެރިވަ ކޮންމެ ކުއްޖަކަށް ހަދިޔާއެއް ލިބޭއިރު މި ކޯހުން އެއްވަނަ ހާސިލްކުރާ ދަރިވަރަކަށް ޓެބްލެޓެއްވެސް ލިބޭނެ ކަމަށް އެމްއޭއެމް ބިޒްނަސް ސްކޫލުން ބުންޏެވެ.

“ކޯހުގައި މުޅިންވެސް ކިޔަވައިދޭނީ ދަރިވަރުންނާ ގުޅުންހުރި، ފަސޭހަކަމާއެކު ކޮމްޕިއުޓަރ ބޭނުން ކުރެވޭނެ ގޮތްތަކާއި ޓައިޕްކުރުމާއި އިންޓަނެޓް ހެޔޮގޮތުގައި ބޭނުން ކުރަން ދަސްކޮށްދިނުމާއި އީމެއިލް ބޭނުންކުރާނެ ގޮތްތައް،”

މި ކޯސް ފުރިހަމަކުރާ ކޮންމެ ދަރިވަރަކަށްވެސް ސެޓްފިކެޓެއް ލިބޭނެ އެވެ.

އެމް އޭއެމް ބިޒްނަސް ސްކޫލުން މިހާރުވެސް މާލެއާއި ރާއްޖޭގެ އެކިރައްރަށުގައި ތަފާތު ކޯސްތައްދަނީ ހިންގަމުންނެވެ. އެގޮތުން އޭދަފުށީގައި ވެސް ޑިޕްލޮމާއިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ކޯހެއް ހިންގަމުންނެވެ.

އެމްއޭއެމް ބިޒްނަސް ސްކޫލުން ބުނީ މިކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 7243311 ނަންބަރު ފޯނާ ގުޅައިގެން އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.