އިންޓަހައުސް ފުޓްބޯޅަ މުބާރާތް ފަށައިފި

Inter_House
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ އިންޓަހައުސް ފުޓްބޯޅަ މުބާރާތް މިއަދު ހެނދުނު ފަށައިފި އެވެ.
މު ބާރާތުގައި މިއަދު ހެނދުނުވަނީ ޖޫނިއާ ގްރޫޕުގެ ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރީ ވައިލެޓް ހައުސްއާއި ބްލޫ ހައުސްއެވެ. މި މެޗުން ވައިލެޓް ހައުސް ވަނީ 1-0 ކުން މޮޅުވެފައެވެ.

ދެވަނަ މެޗުގައި ބައްދަލު ކުރީ ޔެލޯ ހައުސްއާއި ރެޑް ހައުސްއެވެ. މި މެޗު ފަސޭހަ ކަމާއެކު 4-0 ކާމިޔާބު ކުރީ ޔެލޯ ހައުސްއިންނެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މުބާރަތް ރަސްމީކޮށް ފެށުން އޮންނާނީ ސީނިއާ ގްރޫޕުގެ މެޗާއެކު ކަމަށެވެ. އެ ގޮތުން މުބާރާތް ހުޅުވުމުގެ ގޮތުން ބައްދަލު ކުރާނީ ސީނިއާ ގްރޫޕުގެ ރެޑް ހައުސް އާއި ވައިލެޓް ހައުސް އެވެ.

ސްކޫލް ކުދިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށްޓަކައި ކޮންމެ އަހަރަކު ވަރަށް ފޯރިއާ އެކު ބާއްވަމުން އަންނަ އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުން ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ އުފެދިފަ އެވެ. އެގޮތުން މިހާރު ރާއްޖޭގެ ގައުމީ ޓީމުގައި ކުޅޭ އޭދަފުށީ ހުރިހާ ކުޅުންތެރިންނަކީވެސް އިންޓަަހައުސް ފުޓްބޯޅަ މުބާރާތުން ވިދާލި ކުޅުންތެރިންނެވެ.

ގުޅުންހުރި ލިޔުންތައް

7 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.