
މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގެ ކުރިއަށް ހުރި މެޗުތަކުގެ ސްކޯ ދިމާކޮށްގެން އިނާމުތަކެއް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ސަލްސާ ރިޓްރީޓް އިން ފަށައިފި އެވެ.

އޭދަފުށީގައި ހުރި އެންމެ ހިތްގައިމު އެއް ރެސްޓޯރަންޓް ކަމަށްވާ ސަލްސާ ރިޓްރީޓް އިން ބުނީ ވޯލްޑް ކަޕްގެ ނިޔަލަށް، ޕްރޮމޯޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޕްރޮމޯޝަންގެ ބޭނުމަކީ ކަސްޓަމަރުންގެ މެދުގައި ވޯލްޑް ކަޕްގެ ފޯރި ގަދަކުރުން ކަމަށް ވެސް އެ ރެސްޓޯރަންޓުން ބުނެ އެވެ.
މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނީ ކޮންމެ މެޗެއްގެ ދެވަނަ ހާފް ފެށުމުގެ ކުރިން ސަލްސާ ރިޓްރީޓްގައި ބަހައްޓާފައި ހުންނަ ފޮއްޓަށް ކޫޕަން ލައިގެންނެވެ. މި ޕްރޮމޯޝަންގައި 20ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބޭނެ އެވެ.
އަދި މި ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ކޮންމެ ރެއަކު ސްކޯ ދިމާކޮށްގެން ގުރުއަތުން ހޮވޭ މީހަކަށް އެ ރެސްޓޯރަންޓުން ފިއްޒާއެއް ވެސް ލިބޭނެ އެވެ.
މީގެ އިތުރުން މިޕްރޮމޯޝަނުގައި ސްކޯ ދިމާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް އެއް ވަނަ އިނާމެއްގެ ގޮތުގައި ދަރަވަންދޫ ކިހާ ބީޗް ގެސްޓް ހައުސް އިން ދެ މީހަކަށް، ދެ ދުވަހުގެ ސްޓޭއެއް ލިބޭނެ އެވެ. ދެ ވަނަ އިނާމެއްގެ ގޮތުން ޔޫސުފް އެކްސްޕްރެސް އިން ދެމީހަކަށް މާލެ/އޭދަފުށި ދެކޮޅު ޓިކެޓެ ލިބޭއިރު، ތިން ވަނަ އިނާމަކަށް ސްނީ ސްޕޯޓްސް އިން ވިޔަފާރި ކުރަން ޑިސްކައުންޓް ވައުޗަރެއް ލިބޭނެ އެވެ. އަދި ހަތަރުވަނަ އިނާމެއްގެ ގޮތުން އެފްޑީއައި ސްޓޭޝަނުން ހިލޭ ފޮޓޯ ޕެކޭޖެއް ލިބޭނެ އެވެ.
ވޯލްޑް ކަޕަށް ސަލްސާ ރިޓްރީޓް ވަނީ ވަރަށް ބޮޑަށް ތައްޔާރުކޮށްފަ އެވެ. އެގޮތުން މުޅި އެ ރެސްޓޯރަންޓް ވަށައިގެން މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ޓީމުތަކުގެ ދިދަ ދަމައި ޒީނަތްތެރިކޮށްފައިވާއިރު، މެޗު ބެލުމަށް ހާއްސަ ސްކްރީނެއް ވެސް ވަނީ ބަހައްޓައިފަ އެވެ.
“މިއީ ވޯލްޑް ކަޕް ބަލަން އޭދަފުށީގެ އެންމެ ސަޅި މާހައުލު. ވޯލްޑްކަލް ނިމެންދެން މިތަނުގައި މި ޕްރޮމޯޝަން ކުރިއަށްދާނެ،”
މިދިޔަ މަހުގެ 14 ވަނަ ދުވަހުގެރޭ ފެށި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް އަންނަ މަހުގެ 15އާ ޖެހެންދެން ކުރިއަށް ދާނެ އެވެ.

