
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 4 އަދި 5 ގެ ކުދިންގެ މެދުގައި ބާއްވަމުން އަންނަ ކެއްކުމުގެ މުބާރާތް އިއްޔެ އެ ސްކޫލްގައި ބާއްވައިފި އެވެ.
ސޮނެވާފުށީ ރިސޯޓާއި ޝެފް ގިލް އޮފް މޯލްޑިވްސް (ސީޖީއެމް) އާ ގުޅިގެން ބޭއްވި މި އަހަރުގެ މުބާރާތުގައި ވެސް އެ ސްކޫލުގެ ގްރޭޑް 4 އަދި 5 ގެ ކްލާސްތަކުން ސަތޭކައެއްހާ ދަރިވަރުން ބައިވެރިވި އެވެ.
ސްކޫލުގެ ލީޑިން ޓީޗަރު އިހުސާނާ މުހައްމަދު ވިދާޅުވީ2012 ވަނަ އަހަރު ކުރިން ފެށިގެން “ބޮޑު ކައްކާގެ” ގެ ނަމުގައި އެ ސްކޫލުގައި ބާއްވަމުން އަންނަ މި މުބާރާތަކީ ކެއްކުމުގެ ފަންނު ކުދިންގެ ހިތުގައި ޝައުގުވެރިކުރުވުމުގެ ގޮތުން ބާއްވަމުން އަންނަ މުބާރާތެއް ކަމަށެވެ.

އިހުސާނާ ވިދާޅުވި ގޮތުގައި މި މުބާރާތް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދަނީ ސޮނޭވާފުށީ ރިސޯޓާއި އެ ރިސޯޓުގެ ޝޫ ޝެފް އަބްދުﷲ ސޮބާހު އަދި ބެލެނިވެރިންގެ ވަރަށްބޮޑު އެހީތެރިކަމާއި އެއްބާރުލުމަކާ އެކުގަ އެވެ. މުބާރާތުގައި ފަނޑިޔާރުންގެ ކަންތައް އިންތިޒާމުކޮށްދިނުމާއި ދަރިވަރުން ތައްޔާރުކުރާ ކެއްކުމަށް ބޭނުންވާ މައިގަނޑު ހުރިހާ ތަކެއްޗެއް ފޯރުކޮށްދެނީ ސޮނެވާފުށީ ރިސޯޓުންނެވެ.
ވާދަވެރިކަމާއެކު ނިމިގެންދިޔަ މި މުބާރާތުގެ ޖަޖުކަން ކޮށްދީފައިވަނީ އެގެޒެކްޓިވް ޝެފުންގެ ޓީމަކުންނެވެ.

ތައުލީމީ މަރުކަޒުން ބުނީ ދަރިވަރުން ގްރޫޕްތަކަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުން އެއްވަނަ އަށްދިޔަ ގްރޫޕުގެ ދަރިވަރުންނާއި ބެލެނިވެރިން ސޮނޭވާފުށީ އަދި ރޯޔަލް އައިލެންޓް ރިސޯޓްގައި އެއްދުވަހު ހޭދަކުރުމުގެ ފުރުސަތު އެ ދެ ރިސޯޓުންވަނީ ދީފަ އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި މި މުބާރާތުން ވަނަވަނަ އަށް ދިޔަ ގްރޫޕްތަކަށް އިނާމުދިނުމާއި އެންމެމޮޅު ޑިޝްއެއް ތައްޔާރުކުރަން ދަސްކޮށްދިން ފަރާތަކަށް އިނާމާއި މެޑެލްދިނުން އޮންނާނީ ގްރޭޑް4،5 ގެ ހަރަކާތްތައް ނިންމުގެ ގޮތުން މިއަހަރު ފަހުކޮޅު އެ ސްކޫލުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މިމުބާރާތުގައި ގްރޫޕްތަކުން ތައްޔާރުކުރަންޖެހުނީ ސޫޕަކާ ސެލެޑަކާ މެއިން ޑިޝްއެއްގެ އިތުރުން ޑެޒާޓެކެވެ.

varah ragalhu
އަހަރެން ވެސް އިންސާފައް ލޯބިކުރަން އެކަމަކު އެދުވަހު ޖަޖުން ގެ ކޮމަންޓް އައް ބަލާފަ ވަނަ ހޮވިގޮތުން މަގޭ ހަމަ އިންތަނައް ގަޑުވީ ހިތައް އެރި އެވަނަތައް ހަމަ ދިނީ ޖަޖުން ބާއޭ.
ޒުލޭ ތިވާހަކަ މުޅި ރަށުގަވެސް އެ ދައްކަނީ.
އަލީ ތިބުނީ ވަރައް ރަގަޅު ވާހަކައެއް އަހަރެންވެސް ހަމަމިހުރީ އަންތަރީސްވެފަ ޖަޖުންގެ ކޮމަންޓް ބަލާފަ ވަނަ ދިންގޮތާމެދު އަޅެހަމަ އެއީ ރަގަޅައް ދިން ވަނަ ތަކެއްބާއޭ ހިތުގަ ސުވާލު އުފެދޭ.
ތިކަހަލަ ދޮގު ނުހެދުމައް އަސަރާއެކު ދަންނަވަން ސޮނެވާ ފުށިން ދިނީ ކުކުޅު މަސް ކޮޅަކާ ކުރުމަސް ކޮޅަކާ ލެޓިއުސް ކޮޅެއް
ދެން އަނެއްކަމަކީ ވަނަހޮވަންވީ އިންސާފައް ބެލުމެއް ނެތި ފެންރަހަ ލާ އެއްޗެއްސައް ވަނަ ދިނީ މަ ހަމަ އަންނަނީ ހިނި
އެންމެ ރަގަޅައް ކޮމެންޓް ލިބުނު ކުދިންނައް ވަނަ ނުލިބި ގޯސް ކޮމެންޓް ލިބުނު ގުރޫޕް ތަަކައް ވަނަ ލިބުނީމަ ކުދިން ގެ ހިތުގާ ޖަޖުން ގެ ފެންވަރާމެދު ސުވާލު އުފެދޭނެ ކަން ޖަޖުން ނައް ނޭންގުނީތީ ހިތާމަކުރަން.