ހިތާދޫ ފެން ޕްލާންޓް މަރާމާތުކުރުމަށް ފެނަކައާ ހަވާލު ކޮށްފި

ހިތާދޫ ފެން ޕްލާންޓުގެ ފައިލްފޮޓޯ - ހިތާދޫ އޮންލައިން
ހިތާދޫ ފެން ޕްލާންޓުގެ ފައިލްފޮޓޯ – ހިތާދޫ އޮންލައިން

 

ދިހަ ރަށެއްގެ ފެން ޕްލާންޓް މަރާމާތުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.

ހިތާދޫގެ ފެން ޕްލާންޓު ޙަލާކުވެ ބޭނުންނުކޮށް ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް ފެންޕްލާންޓު މަރާމަތުކުރަން އެންވަރަމަންޓު މިނިސްޓްރީން ފެނަކަ ކޯޕްރޭޝަނާޢި ހަވާލު ކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން ވިދާޅުވީ ފެން ޕްލާންޓްތައް މަރާމާތުކުރަން ނިންމީ އިރުވައި މޫސުމުގައި ފެނަށް ޖެހޭނެތީ ކަމަށެވެ.

އެއް މިލިއަން ރުފިޔާ އަށް ހަވާލުކުރި އެ މަޝްރޫއުގެ ދަށުން ބ. ހިތާދޫގެ ފެން ޕްލާންޓްގެ އިތުރުން ހއ. ދިއްދޫ އާއި ށ. ފުނަދޫ އާއި ނ. ވެލިދޫ އާއި ނ. މަނަދޫ އާއި ރ. އަލިފުށްޓާއި ރ. މަޑުއްވަރި އާއި ލ. އިސްދޫ އާއި ގއ. ވިލިނގިލީގެ އިތުރުން ގދ. ގައްދޫ ފެން ޕްލާންޓްވެސް މަރާމާތު ކުރުމަށް ފެނަކައާ ވަނީ ހަވާލުކޮށްފައެވެ.
މަތީން ވިދާޅުވީ ރަށްތައް ކަނޑައެޅުމުގައި ބޮޑަށް ބެލީ އާބާދީ ބޮޑެތި ރަށްރަށާއި ފެން ޕްލާންޓްގެ ހާލަތު ހުރި ގޮތުން، ކުޑަ ހަރަދަކުން ރަނގަޅު ކޮށްލެވޭނެ ޕްލާންޓް ހުރި ރަށްރަށަށް ކަމަށެވެ.

ހިތާދޫގެ ފެންޕްލާންޓު ހަލާކުވެ ބޭނުން ނުކުރެވި ރައްޔިތުންނަށް އޭގެ ޚިދުމަތް ނުލިބި ގިނަދުވަސްތަކެއް ވެފައިވާއިރު ތިންފަހަރެއްގެ މަތިން އެރަށު ރައްޔިތުންވަނީ ބޯފެނަށް ޖެހިފަ އެވެ.

އެ ޕްލާންޓްތައް މަރާމާތުކުރުމުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 180 ދުވަހެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.