ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ ގެ މިއަހަރުގެ ޑިނާ ނައިޓް މިމަހު 20 ވަނަ ދުވަހުގެރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.
“ޕީޓީއޭ ޖާފަތް” ނަމުގައި އަންނަ އެ ސްކޫލުގައި ބާއްވާ ޑިނާ ނައިޓުގައި މިއަހަރު ވެސް މައިގަނޑު ގޮތެއްގައި ހިމެނޭނީ ދިވެހި ކެއުމުގެ ރަހަތައް ކަމަށް ޕީޓީއޭއިން ބުންޏެވެ.
އެ ސްކޫލުގެ ޕީޓީއޭ އިން ބުނި ގޮތުގައި މި ޑިނާ ނައިޓަކީ ޕީޓީއޭ އިން ހިންގާ ފަންޑް ރައިސް ކުރުމުގެ ޕްރޮގްރާމަށާއި ސްކޫލުގައި ހިންގޭ އެހެނިހެން ހަރަކާތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ސްކޫލާ ގުޅިގެން ބާއްވާ ޑިނާ ނައިޓެކެވެ.
ޑިނާ ނައިޓުގެ އާއްމުންނަށް ޓިކެޓެއް ވިއްކަނީ 100ރ. އަށެވެ. ނަމަވެސް ސްކޫލް ދަރިވަރުންނަށް ޓިކެޓް ވިއްކަނީ 50ރ އަށެވެ. މީގެ އިތުރުން ގޯލްޑަން ޓިކެޓްގެ ގޮތުގައި 500ރ. އަށް ވެސް ޓިކެޓް ވިއްކަ އެވެ.
އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި ޑިނާ ނައިޓްގެ ޓިކެޓް މިހާރު އެ ސްކޫލުން އަންނަނީ ވިއްކަމުންނެވެ.