ބ. އަތޮޅުގައި ސްކިލްސް ޑިވްލޮޕްމަންޓް ޕްރޮގްރާމް ފަށައިފި


ކައުންސިލްތަކުގެ ބަޖެޓާއި އިދާރީ އަދި ޕްލޭނިން މުވައްޒަފުންނަށް ޚާއްސަކޮށްގެން ބ. އަތޮޅު ކައުންސިލާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގުޅިގެން، އޭދަފުށީގައި ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.

“ސްކިލްސް ޑިވްލޮޕްމަންޓް ޕްރޮގްރާމް” ގެ ނަމުގައި ޖުލައި 2-5 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމުގައި ބ. އަތޮޅު ކައުންސިލާއި، ރަށު ކައުންސިލުތަކުން ޖުމްލަ 30 މީހުން ބައިވެރިވެ އެވެ.

އެލްޖީއޭ އިން ބުނިގޮތުގައި މި ޕްރޮގްރާމުގެ މަޤްސަދަކީ ކައުންސިލްތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޕާފޯމަންސް ރަނގަޅުކުރުމަށް އެހީތެރިވެދިނުމެވެ. އަދި މި ޕްރޮގްރާމުގައި ކައުންސިލްތަކުގެ ޕްލޭނިންގ، ބަޖެޓް، މާލީ ކަންތައްތައް އަދި އިދާރީ އެކި އެކި ހުނަރުތަކާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެކަމަށް ވެސް އެލްޖީއޭއިން ބުންޏެވެ.

އެލްޖީއޭއިން ބުނިގޮތުގައި މިހާތަނަށް މި ޕްރޮގްރާމް ވަނީ ޅ، އއ، ގއ، ހދ އަދި ހއ އަތޮޅުގައި ކުރިއަށް ގެންގޮސްފަ އެވެ. އަދި އިތުރު އަތޮޅުތަކުގައި މި ޕްރޮގްރާމްކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެލްޖީއޭއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.