ކައުންސިލް މެންބަރު ޒައިދު ޗައިނާއަށް

ޗައިނީސް އެކަޑަމީ އޮފް ގަވަނަސް އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެމިނާއެއްގައި ބައިވެރިވުމަށް އޭދަފުށީ ކައުންސިލުގެ މެންބަރު ޒައިދު އަލީ ރޭ ޗައިނާއަށް ފުރާވަޑައިގެންފި އެވެ.

“ސެމިނާ އޮން ޕަބްލިކް އެޑްމިނިސްޓްރޭޝަން ފޯ ސިވިލް ސާވަންޓްސް އޮފް މޯލްޑިވްސް” ގެ ނަމުގައި ބާއްވާ މި ސެމިނާގައި ޒައިދު ބައިވެރިވެވަޑައިގަންނަވަނީ ރާއްޖޭގެ ރަށްރަށުގެ ކައުންސިލުތަކުން ހޮވާލެވުނު 10 ބޭފުޅުންގެ ތެރޭގައި ހިމެނިގެންނެވެ. މި ސެމިނާގައި ކައުންސިލް އިދާރާތަކުގެ މުވައްޒަފުންގެ އިތުރުން އެލްޖީއޭ އާއި އެހެނިހެން މިނިސްޓްރީތަކުން ވެސް 10 މީހުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ސިވިސް ސާވިސް ކޮމިޝަނުން ބުނިގޮތުގައި މި ސެމިނާއަކީ ޗައިނާގައި މުވައްޒަފުންނަށް ތަމްރީނުދީ، ޤާބިލްކަން އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާ ކަމުގައިވާ ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސް އާ ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވެފައިވާ ފަހުމުނާމާއެއްގެ ދަށުން ބާއްވަމުން އަންނަ ސެމިނާއެކެވެ.

ޖުލައި 5 އިން 17 ގެ ނިޔަލަށް ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިއަށްގެންދާ މި ސެމިނާގައި ޗައިނާގެ ސިވިލް ސާވިސްއާ ބެހޭގޮތުންނާއި، ޗައިނާއަށް ތަރައްގީ ގެނެވުނު ގޮތާއި ބައިވެރިން އަދި ޗައިނާގައި ކާމިޔާބު ކަމާއެކު ހިނގާ އިޤްތިސާދީ، އިޖްތިމާއީ، އަދި ސިޔާސީ ސިޔާސަތުތަކާ ބެހޭގޮތުން ވަފުދުގެ ބައިވެރިންނަށް މަޢުލޫމާތުދޭނެ އެވެ.

މީގެ އިތުރުން މި ދަތުރުގައި، ޗައިނާގެ މަޝްހޫރު ބައެއް ތަންތަނަށް ޒިޔާރަތްކޮށް ޗައިނާގެ ތަރައްޤީގެ ކަންކަން ބަލާލުމުގެ ފުރުސަތުދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ޗައިނާގައި މިދިޔަ އަހަރު ބޭއްވި ސެމިނާއެއްގައި އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.