ދުނިޔޭގެ އެންމެ ވަރުގަދަ ހެކަތޯން، “އޭންޖަލް ހެކް” ރާއްޖެ އަށް

ދުނިޔޭގެ 150 އަށް ވުރެ ގިނަ ގައުމުގައި ބާއްވަމުން އަންނަ މަޝްހޫރު ހެކަތޯން “އޭންޖަލް ހެކް” ރާއްޖެ އަށް ތައާޔަފްކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި މރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ހެކަތޯން ރާއްޖެ އަށް ތައާރަފް ކޮށްދެއްވީ ދިރާގުގެ އެކްޓިން ޗީފް މާކެޓިން އޮފިސަރު އަހުމަދު މައުމޫން އަދި އެ ހެކަތޯން ރާއްޖެ އަށް ގެނައި ސަޕާކްހަބްގެ މެނޭޖިން ޕާޓްނަރު އަލީ ހާރިޝް އެވެ.

އެ ރަސްމިއްޔާތުގައި މައުމޫނު ވިދާޅުވީ، މި ހެކަތޯނަކީ ކޯޑު ކުރުމުގެ އިތުރުން ވަރަށް ގިނަ ދާއިރާތަކުގެ މީހުންނަށް ބައިވެރިވެވޭނެ ހަރަކާތެއް ކަމަށެވެ. އަދި ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ އިރު، ރާއްޖޭގައި ވެސް ވަރަށް ވަރުގަދަ ކޯޑަރުންނާއި، ޑިޒައިނަރުން އުފެދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހެކަތޯން ރާއްޖޭގައި ބާއްވާނީ ޖުލައި 21-22 އަށެވެ. ހާރިޝް ވިދާޅުވީ އެ ހެކަތޯނުން އެއްވަނަ އަށް ހޮވޭ އުފެއްދުން، އެމެރިކާގެ ސެންފްރެންސިސްކޯގައި ބާއްވާ ގްލޯބަލް ޑިމޯޑޭގައި ދައްކާލައި، ދުނިޔެ އަށް ތައާރަފް ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

ދިރާގަކީ މި ހެކަތޯންގެ މެއިން ސްޕޮންސަރެވެ. ހާރިސް ވިދާޅުވީ ކުރިއަށް ރޭވިފައި ހުރި މިފަދަ ގިނަ ހަރަކާތްތަކުގައި ވެސް ދިރާގުން ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.