އޭލެވެލްގެ ގަދަ 10 ގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 9 ދަރިވަރުން

އޭލެވެލް ގަދަ 10 ގައި ހިމެނުނު ތައުލީމީ މަރުކަޒުގެ ބައެއް ދަރިވަރުން– އީޓީފޮޓޯ

މިދިޔަ އަހަރު ބޭއްވި އޭ ލެވެލް އިމްތިހާނުގެ ގަދަ 10 ގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 9 ދަރިވަރުން ހިމެނިއްޖެ އެވެ.

އޭލެވެލް އިން ރަން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ފަސް މާއްދާ އިން އޭ ފާސް ހޯދައިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކުވަނީ އެ އިމްތިހާނުގެ އެއްވަނަ ވެސް ހޯދައިފަ އެވެ. އެއީ އޭދަފުށީ ސައްކެޔޮގޭ ނަޚްމާ އަބްދުއްރަޝީދު އެވެ.

އޭލެވެލް ޓޮފް10 އެއްވަނައިގައި ހިމެނުނު ނަހުމާ އަބްދުއްރަޝީދު

އޭލެވެލް ގަދަ 10 ގައި ހިމެނުނު ބ. ތައުލީމީ މަރުކަޒުގެ ދަރިވަރުން

ނަޚްމާ އަބްދުއްރަޝީދު، ސައްކެޔޮގެ / އޭދަފުށި (1 ވަނަ)
ސިބާ އަބްދުއްރަޝީދު، އެއިޓް / މާޅޮސް (4 ވަނަ)
އައިމިނަތު ރީމާ، ވިނަކަރަ / ކުޑަރިކިލު (4 ވަނަ)
ރިސާމާ ޚާލިދު، ފޮނިމާގެ / ކެންދޫ (4 ވަނަ)
ސޮބާ އަބްދުއްރަޝީދު، އެއިޓް / މާޅޮސް (4 ވަނަ)
އަންޖޫދާ އަހްމަދު، ފަޅޯގަސްދޮށުގެ / އޭދަފުށި (8 ވަނަ)
އަޒުވާ އަބްދުއްރަޝީދު، އާބާދު / ހިތާދޫ (8 ވަނަ)
ޝަމާއިލް މުހައްމަދު ނަސީރު، ހިޔާ / ހިތާދޫ (8 ވަނަ)
މުހައްމަދު ޝިޔާފް އަހްމަދު، އަނޯނާގެ / އޭދަފުށި (10 ވަނަ)

މީގެ އިތުރުން މާލޭ ސްކޫލުތަކުގައި މިދިޔަ އަހަރު އޭލެވެލް ނިންމި މިއަތޮޅަށް ނިސްބަތްވާ ކުދިން އޯލެވެލް ޓޮޕްޓެން ގައި ހިމެނިފައިވެ އެވެ.

ރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ އޭ ލެވެލް ގަދަ 10ގައި ހިމެނޭ ދަރިވަރުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރަކީ، އޭ ލެވެލްގެ އެއް ވަނައިގައި އެންމެ ގިނަ ދަރިވަރުން ހިމެނުނު ފަހަރު ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގެ އޭ ލެވެލް ގަދަ 10 ހޮވާފައިވަނީ ކުރީގައި ވެސް އޮންނަ އުސޫލަށެވެ.

ދަރިވަރުން ހޯދި ފަޚްވެރި ކާމިޔާބީއަށް “އީޓީ” ގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.