ދިރާގު ޓީވީން 4ކޭ ކޮށް މެޗުބަލައިލުން: ދިވެހިންނަށް ލިބުނު ބޮޑު ހަދިޔާއެއް

މިފަހަރުގެ ވޯލްޑް ކަޕަކީ އެހެން އަހަރުތަކާ މުޅިންވެސް ތަފާތު ވޯލްޑް ކަޕެކެވެ. ސަބަބުތައް ބައިވަރެވެ. އެންމެ ގިނަ ބަޔަކަށް ސަޕްރައިޒް ވީ މުބާރާތުގެ ތަށި ހޯދާނެ ކަމަށް ލަފާކުރި ގިނަ ގައުމުތަކެއް މުބާރާތާ ވަކިވެގެން ދިއުމެވެ. ވޯލްޑް ކަޕްގެ ފޯރި އެހިސާބުން ވަކިން ގަދަވިއެވެ. ސޯޝަލް މީޑިޔާގެ ޕްލެޓް ފޯމްތަކުން އެނޫން އެއްވެސް ވާހަކައެއް ނުފެނުނެވެ. ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށް އެންމެން ނަގާ ފޯރީގެ ފޮޓޯތަކާއި ވީޑިއޯތަކުން އެނގިގެން ދިޔައީ ދިވެހިން ވޯލްޑް ކަޕާއި ގުޅިފައިވާ މިންވަރެވެ.

ވޯލްޑް ކަޕް ތެރޭގައި ލިބެންފެށި ހައިރާން ކުރުވަނިވި ކަންކަމަށް އައި އެންމެ ބޮޑު ބަދަލަކީ މެޗު ބަލަން އިންނަ އިރު މި އިނދެވެނީ “ރަޝިޔާގައި” ކަމަށް އިހުސާސް ވުމެވެ. މުބާރާތް ފެށުނުއިރު ރަށުގައި ހުރެގެން މެޗުތައް ބަލަމުން ގެންދިޔައީ މީގެ އަހަރުތަކެއް ކުރިންވެސް ބަލަމުން ގެންދިޔަ ގޮތަށެވެ.

ނަމަވެސް ހީނުކޮށްހުއްޓާ ދިރާގުން ތައާރަފް ކުރި “4 ކޭ ކޮށް މެޗު ބަލައިލުމުގެ” ފުރުސަތު ވެގެން ދިޔައީ ވޯލްޑް ކަޕް ތެރޭގައި ލިބުނު މާޔޫސް ކަމަށް ދިރުން ގެނުވި ކަމަކަށެވެ. ރަށުގައި ހުރެގެންވެސް މިހާރު އިހުސާސް ވަނީ ރަޝިޔާގައި ހުރެވޭ އިހުސާސެވެ. އެއީ މީގެ ދުވަސްކޮޅެއް ކުރިން ދިރާގުން އަލްޓްރާ ހައި ޑެފިނިޝަން ޓެކްނޮލޮޖީ (4 ކޭ) ކޮލިޓީގައި މެޗުތައް ދައްކަން ފެށި ހިދުމަތެވެ. ދިރާގު ޓީވީން ފެށި މި ހިދުމަތާއެކު 4ކޭ ކޮށް މެޗު ބެލުމަށް ކޮންމެހެން މާލޭގައި ހުންނާކަށް ނުޖެހެއެވެ. އަތޮޅު ތެރޭގައި ދިރާގު ޓީވީގެ ހިދުމަތް ލިބޭ ހުރިހާ ރަށަކުންވެސް މިހާރު 4ކޭ ކޮށް މެޗުތައް ބަލާލެވެއެވެ.

އޭދަފުށީގައި މި ހިދުމަތް ލިބިގަންނަ މީހަކު ބުނީ އަމިއްލަ ރަށުގައި ހުރެގެން 4 ކޭ ފެންވަރުގައި މެޗުތައް ފެންނާނެ ކަމަށް މީގެ ކުރިން ހިޔާލަށްވެސް ނާންނަ ކަމަށެވެ. ނަމަވެސް ދިރާގު ޓީވީގެ ހިދުމަތް ހޯދަމުން އަންނަ ކަސްޓަމަރު ބުނިގޮތުގައި މެޗު ބަލާ ގަޑީގައި މިހާރު ހީވަނީ އާއިލާ އެއްކޮށް ރަޝިޔާގައި ތިބެވޭހެންނެވެ.

“އަދިކިރިޔާ މިހަރު މި މެޗެއް ބަލާލެވެނީ، ވަރަށް ވަރަށް ކޮލިޓީކޮށް ފެނޭ. މިއީ މިފަހަރު ވޯލްޑް ކަޕާ އެކު ލިބުނު ރަނުގެ ފުރުސަތެއް. ހަމަ ހީވަނީ ފެމެލީ އެއްކޮށް ރަޝިޔާގައި ތިބެވޭހެން، ހަމަ ވަރަށް ވަރަށް ސަޅިއޭ ބުނެވޭނީ، 4ކޭ ކޮލިޓީގައި މިރަށުގައި މެޗު ބަލާ ޒުވާނަކު ބުންޏެވެ.

ދިރާގުން ތައާރަފް ކުރި މި ހިދުމަތާއެކު ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ވަނީ 4ކޭ ކޮށް ވޯލްޑްކަޕް މެޗުތައް ބެލުމުގެ ފުރުސަތު ލިބިފައެވެ. މިއީ ހަމަ ޔަގީނުންވެސް ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދުގައި ކުޅިބެލުންތެރިންނަށް ދެވޭނެ އެންމެ ބޮޑު ހަދިޔާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.