މިރިޔަންދޫގައި ހަދާ މަތީ ފެންވަރުގެ ރިސޯޓް އޮކްޓޯބަރުމަހު ހުޅުވަނީ

މިރިޔަންދޫގައި ތަރައްގީ ކުރާ ރިސޯޓްގެ ކުރެހުމެއް.

ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން، އެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލްގެ މަޝްހޫރު ވެސްޓިން އިން ބ. މިރިޔަންދޫގައި ތަރައްގީކުރާ ވެސްޓިން ބްރޭންޑްގެ ރިސޯޓު އަންނަ އޮކްޓޯބަރުމަހުގެ އެއްވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.

ޓޫރިޒަމް ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ “ވެސްޓިން ރިސޯޓް” ގެ ނަމުގައި މއަތޮޅު މިރިޔަންދޫގައި ތަރައްގީކުރާ އެ ރިސޯޓް ހުޅުވަނީ އެންމެ މަތީ ފެންވަރުގެ 70 ވިލާއާ އެކު އެވެ. އެ ރިސޯޓު ޑިޒައިންކޮށްފައި ވަނީ އިޓަލީގެ ޑިޒައިން ސްޓޫޑިއޯއެއް ކަމަށްވާ ޕެލާ އެސޯސިއާޓީ ކިޔާ ކުންފުންޏަކުންނެވެ.

މިރިޔަންދޫގައި ތަރައްގީ ކުރާ ރިސޯޓްގެ ކުރެހުމެއް.

ދަރަވަންދޫން ފުރައިގެން ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރަށަކީ ސްރީލަންކާގެ އެންމެ ބޮޑު އިންވެސްޓްމަންޓް ބޭންކް، އޭޝިއާ ކެޕިޓަލް ޕަބްލިކް ލިމިޓެޑާއި ޖަޕާނުގެ މެއިލް އޯޑާ ކުންފުނި ބެލޫނާ ކޮމްޕެނީ ލިމިޓެޑު ހިއްސާވެގެން ތަރައްގީކުރާ ރިސޯޓެކެވެ.

ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު (693.9 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާ ރިސޯޓުގެ ވިލާތަކަކީ ވަރަށް ހިތްގައިމު ޑިޒައިނަކަށް ގުދުރަތީ ވައި ލިބޭ ގޮތަށް، ހަދާފައިވާ ތަންތަނެވެ. އަދި އެ ވިލާތަކުގެ އިންޓީރިއާ ތައްޔާރުކޮށްފައިވަނީ ރާއްޖެ އާއި މި ސަރަހައްދުގެ ބައެއް ގައުމުތަކުން ހޯދި ލަކުޑި ބޭނުންކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.