ސްކޫލް ކުދިންނަށް ކޮމްޕިއުޓަރ ކޯހެއް ފަށައިފި

އެމްއޭއެމް ބިޒްނަސް ސްކޫލުން، ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ކޮމްޕިއުޓާ ކޯހުގެ ތެރެއިން.

އެމްއޭއެމް ބިޒްނަސް ސްކޫލުން، ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން އޭދަފުށީގައި ކޮމްޕިއުޓަރު ކޯހެއް ފަށައިފި އެވެ.

“އިންފޮމޭޝަން ޓެކްނޮލޮޖީ ފޯ ކިޑްސް” ގެ ނަމުގައި ފަރުމާކޮށްގެން ދިހަ ދުވަހުގެ މުއްދަތަށް ހިންގާ 30 ގަޑިއިރުގެ މި ކޯހުގައި 25 ކުދިން ބައިވެރިވެ އެވެ.

މި ކޯހުގައި ކިޔަވައި ދެއްވަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ދިވެހި ލެކްޗަރާއެކެވެ.

އެމްއޭއެމް ބިޒްނަސް ސްކޫލުން، ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ކޮމްޕިއުޓާ ކޯހުގެ ތެރެއިން.

މި ކޯހުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް ލިބޭއިރު، ކޯހުން އެއްވަނަ ހާސިލްކުރާ ދަރިވަރަކަށް ޓެބްލެޓެއް ވެސް ލިބޭނެ ކަމަށް އެމްއޭއެމް ބިޒްނަސް ސްކޫލުން ބުންޏެވެ. އަދި މި ކޯސް ފުރިހަމަކުރާ ކޮންމެ ދަރިވަރަކަށް ސެޓްފިކެޓެއް ވެސް ލިބޭނެ އެވެ.

“ކޯހުގައި މުޅިންވެސް ކިޔަވައިދޭނީ ދަރިވަރުންނާ ގުޅުންހުރި، ފަސޭހަކަމާއެކު ކޮމްޕިއުޓަރ ބޭނުން ކުރެވޭނެ ގޮތްތަކާއި ޓައިޕްކުރުމާއި އިންޓަނެޓް ހެޔޮގޮތުގައި ބޭނުން ކުރަން ދަސްކޮށްދިނުމާއި އީމެއިލް ބޭނުންކުރާނެ ގޮތްތައް،”

އެމްއޭއެމް ބިޒްނަސް ސްކޫލުން، ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ކޮމްޕިއުޓާ ކޯހުގެ ތެރެއިން.

އެމް އޭއެމް ބިޒްނަސް ސްކޫލުން މިހާރުވެސް މާލެއާއި ރާއްޖޭގެ އެކިރައްރަށުގައި ތަފާތު ކޯސްތައްދަނީ ހިންގަމުންނެވެ. އެގޮތުން އޭދަފުށީގައި ވެސް ޑިޕްލޮމާއިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ކޯހެއް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.