ޕީޕީއެމްގެ ޒުވާނުން ނުކުމެ ފުޓްސަލް ދަނޑުއަޅަން ބިން ސާފުކުރަނީ

މާޅޮހުގައި ފުތްސަލް ދަނޑުއަޅަން ބިން ސާފުކުރަނީ

ބ. މާޅޮހު ޕީޕީއެމްގެ ޒުވާނުން ނުކުމެ، އެރަށުގައި ފުޓްސަލް ދަނޑު އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބިން ސާފުކުރަން ފަށައިފި އެވެ.

މާޅޮހު ޕީޕީއެމް ގޮފީގެ އިސް މީހަކު ބުނިގޮތުގައި އެފްއޭއެމް އާ ހަވާލުކުރެވިގެން އެރަށުގައި ގާއިމުކުރާ ފުޓްސަލް ދަނޑު އަޅަން ދީފައިވާ ސަރަހައްދުގެ ބިން ޕީޕީއެމްގެ ޒުވާނުން ނުކުމެ ސާފުކުރަން ފެށީ، އެރަށު ކައުންސިލުން އެއްބާރުލުން ނުލިބުމުގެ ސަބަބުންނެވެ.

“އެހެންވެ މިއަދު އަޅުގަނޑުމެން ޕީޕީއެމްގެ ޒުވާނުން ނުކުމެ ބިން ސާފުކުރަން ފެށި، މިއަދު ހަވީރު އެ ސަރަހައްދުގައު ހުރި ގަސްތައް އަދި މި ނެގީ. މާދަމާ އެއްކޮށް ބިން ސާފުކޮށް ނިމޭނެ،”

އޭނާ ބުނިގޮތުގައި ހޮނިހިރު ދުވަހު ފުޓްސަލް ދަނޑުގެ މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ގެނެސް މަސައްކަތް ފެށޭނެކަމަށް ޕްރޮޖެކްޓް ކޮންޓްރެކްޓަރު ވަނީ ޔަގީންކަންދީފަ އެވެ.

މާޅޮހުގައި ފުޓްސަލް ދަނޑު އަޅާ ސަރަހައްދުގެ ބިން ސާފުކުރިއިރު، ބ. އަތޮޅުގެ ހަތް ރަށެއްގައި އަޅާ ފުޓްސަލް ދަނޑުތަކުގެ މަސައްކަތް ފެށުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިދިޔަ ރޯދަމަހު ވަނީ މިއަތޮޅު ދަރަވަންދޫއަށް ޖަމާކޮށްފަ އެވެ. މި ދަނޑުތަކަކީވެސް އެފްއޭއެމްއާ ހަވާލުކުރެވިގެން ކުރިއަށް ގެންދާ ދަނޑުތަކެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.