ނަޝީދު ބ. އަތޮޅުގައި

ރައީސް ނަޝީދު އަށް ބ. ދަރަވަންދޫން މަރުހަބާ ކިޔަނީ. ބ. އަތޮޅުގެ ރަށްރަށުން އެ މަނިކުފާނަށްވަނީ ހޫނު މަރުހަބާއެއް ދަންނަވާފައި-- ފޮޓޯ / އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ރިޔާސީ ކެމްޕޭންގެ ދަތުރުފުޅެއްގައި މިއަދު ބ. އަތޮޅަށް ވަޑައިގެންފި އެވެ.

 މިދަތުރުފުޅުގައި އެންމެ ފުރަތަމަ ނަޝިދު ވަޑައިގަތީ ކެންދޫއަށެވެ. އެއަށްފަހު މިއަދު މެންދުރުފަހު ވަޑައިގަންނަވާނީ ތުޅާދޫއަށެވެ. އަދި މިރޭ ތުޅާދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ‘އެއްބުރުން’ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދު މާދަމާ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ބ. އޭދަފުށްޓަށެވެ. އެއަށްފަހު މާޅޮހަށް ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި ރައީސް ނަޝީދުގެ އަރިހުގައި އެމްޑީޕީގެ ޗެއަރޕަރސަން މޫސާ މަނިކާއި، ޕަރލިމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަލީ ވަހީދާއި، އެމްޑީޕީގެ ސްޕޯކްސްޕަރސަން އިމްތިޔާޒް ފަހުމީ އަދި އެމްޑީޕީ ޤައުމީ މަޖިލހުގެ މެމްބަރުން ބައިވެރވެވަޑައިގަންނަވައެވެ. ރައްޔިތުންނާއި ބައްދަލުކުރައްވާ ދޮރުން ދޮރަށް ހިންގަވާނެއެވެ. އަދި ކޮންމެ ރަށެއްގެވެސް އެމްޑީޕީގެ ކެމްޕޭން ހަރަކާތްތެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގަންނަވާނީ ބުދަދުވަހުގެ ހަވީރުކަމަށް އެމްޑީޕީން ބުންޏެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.