ރިޔާސީ އިންތިހާބުގައި ބ. އަތޮޅުގައި 17 ވޯޓު ފޮށި

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ބ. އަތޮޅުގައި 17 ފޯޓުފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.

މި އިންތިހާބުގައި ވޯޓުލުމަށް އޭދަފުއްޓާއި ތުޅާދޫގައި ތިން ވޯޓުފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް އޮފީހުން އިއުލާންކޮށްފައި ވެ އެވެ.

އޭދަފުށީގައި ބަހައްޓާ އެއް ނަންބަރު ވޯޓްފޮށި ބަހައްޓާނީ މިރަށު ބ. އޭދަފުށި މަލްޓި ޕާޕޯސް ހޯލު ގަ އެވެ. މި ވޯޓް ފޮށްޓަށް ވޯޓްލާނީ މިރަށު އިރުމަތީ ސަރަހައްދުގައި ހުރި ގޭގޭގައި ރަޖިސްޓްރީވެފައިވާ މީހުންނާއި، މެދު ސަރަހައްދުން މިރަށު ޑެޒީ ހިނގުމުގެ އިރުން، ނޮޅިމަގުގެ އިރުން ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ. އަދި ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ދެ ނަންބަރު ވޯޓްފޮށި ބަހައްޓާ ގޮތަށް ހަމަޖެހިފައި ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. މި ފޮށްޓަށް ވޯޓްލާނީ ޑޭޒީހިނގުމުގެ ހުޅަގުން، ނޮޅިމަގުގެ ހުޅަނގުން، ސަބްނަމު މަގުގެ އިރުން ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ. މިރަށުގައި ބަހައްޓާ ތިން ނަންބަރު ވޯޓްފޮށި ބަހައްޓާނީ ބ. އަތޮޅުހޮސްޕިޓަލުގަ އެވެ. މި ފޮށްޓަށް ވޯޓްލާނީ ސަބްނަމު މަގުގެ ހުޅަނގުން ހުރިހާ ގޭގޭގެ ރަޖިސްޓްރީގައި ތިބި މީހުންނާއި އައްޑޫ ސިޓީއާއި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ތުޅާދޫގައި ބަހައްޓާ އެއް ނަންބަރު ވޯޓްފޮށި އެރަށު ސްކޫލު ޕޯޓިކޯ ތެރޭގައި، އަދި ދެ ނަންބަރު ވޯޓްފޮށި ބަހައްތަން ހަމަޖެހިފައި ވަނީ އެ ރަށު ސްކޫލުގެ އިރުމަތީކޮޅު ހޯލުގަ އެވެ. ތިން ނަންބަރު ވޯޓްވޮށި ބަހައްޓާނީ އެރަށު ސްކޫލު ހޯލުގެ ހުޅަނގު ކޮޅުގަ އެވެ.

ކުޑަރިކިލު، ކަމަދޫ، ކެންދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ، މާޅޮސް، ހިތާދޫ، ފުޅަދޫ، ފެހެންދޫ އަދި ގޮއިދޫގައި ވޯޓްފޮށި ބަހައްޓާނީ މިރަށް ރަށުގެ ސްކޫލު މަދަރުސާތަކުގައި ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ އިއުލާނުގައި ބުނެފައި ވެ އެވެ.

މިފަހަރުގެ އިންތިހާބުގައި މިއަތޮޅުގައި އެއްވެސް ރިސޯޓެއްގައި ވޯޓް ފޮއްޓެއް ނުބަހައްޓާނެ އެވެ.

އިންތިހާބަށް ރީ ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ފެށޭ ހަފްތާގައި ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.