މޫސުން ގޯސްވެ ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ބ. އަތޮޅާއި ތ. އަތޮޅާ ދެމެދުގެ ހިސާބުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.
ވައިޓް އެލާޓް ނެރެފައިވަނީ މިރޭ މިއަދު ހެނދުނު 11:15 އިން ހަވީރު 17:00 އާ ދެމެދަށެވެ
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މި ސަރަހައްދަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އެގޮތުން ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެކަމަށް އެ އިދާއިރާއިން ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސް ދުވަސްވަރު ކަނޑުދަތުރު ފަތުރާ ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.