މިނިވަން 26 ޗުއްޓީ ރޯޔަލްގައި ހޭދަކޮށްލާ

ރޯޔަލް އައިލެންޑް ރިސޯޓް

ރޯޔަލް އައިލެންޑް ރިސޯޓުން މިނިވަން ދުވަހުގެ ބަންދާ ދިމާކޮށް ހެޔޮއަގެއްގައި އެ ރިސޯޓްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

“މިނިވަން 26” ގެ ނަމުގައި މި މަހުގެ 25-31 އަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ދެ މީހަކަށާއި ކުޑަ ކުއްޖަކަށް (12 އަހަރުން ދަށުގެ) އެ ރިސޯޓުގެ ބީޗް ވިލާގައި ތިން އިރުގެ ކެއުމާއެކު، ރެއަކަށް 2464ރ. އަށް ޗުއްޓީ ހޭދަކޮށްލެވޭނެ އެވެ. މި ޕެކޭޖުގައި ބޮޑު މީހަކު އިތުރު ކުރާނަމަ 999ރ އަދި ކުޑަކުއްޖަކަށް 599 ރ އިތުރަށް ދައްކަން ޖެހެއެވެ.

އޭގެ އިތުރުން ދަތުރުގެ ހަރަދުގެ ގޮތުގައި ބޮޑު މީހަކަށް 800ރ. އަދި ކުޑަކުއްޖަކަށް 500ރ. ވަކިން ޗާޖުކުރެ އެވެ.

މި ޕެކޭޖުގެ ދަށުން އޭދަފުށިން އެ ރިސޯޓަށް ޗުއްޓީ ހޭދަކޮށްލަން ދާން ބޭނުންވާ ފަރާތްތަކަށް ރިސޯޓުން ހިލޭ ދަތުރު ހަމަޖައްސައިދެ އެވެ.

ފަހަކަށް އައިސް ކޮންމެ ބަންދަކާ ދިމާކޮށް ވެސް ރޯޔަލް އައިލެންޑުން ހާއްސަ ޕެކޭޖްތައް ވިއްކައެވެ. އެ ރިސޯޓުން ބުނި ގޮތުގައި އެ ޕެކޭޖްތަކަށް ދިވެހިންގެ ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ރިޒަވޭޝަން އަދި އިތުރު މައުލޫމާތު 6600088 ނުވަތަ 7680530 އަށް ގުޅައިގެން ހޯދޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.