ދުނިޔޭގެ ބޮޑު ހެކަތޯން ސީރީސް ދިރާގާއި ސްޕާކްހަބް ގުޅިގެން ފަށައިފި

ދިރާގާއި ސްޕާކްހަބް ގުޅިގެން މިއަދު ފެށި ހެކަތޯން ހުޅުވުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވާހަކަދައްކަވަނީ. ފޮޓޯ: ދިރާގު

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ހެކަތޯން ސީރީސް “އޭންޖަލްހެކް” ސްޕާކްހަބް އާއި ގުޅިގެން ދިރާގުން މިއަދު ފަށައިފިއެވެ.

ހޮޓެލް ޖެންގައި ކުރިއަށް ގެންދާ “އެންޖަލްހެކް މޯލްޑިވްސް” ހެކަތޯން އަކީ ދުނިޔޭގެ 150 އަށްވުރެ ގިނަ ޤައުމުގެ 60 ސިޓީއެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ހެކަތޯން އެކެވެ.

ރާއްޖޭގައި މިހެކަތޯން ފެށިއިރު، ރާއްޖެއެކޭ އެއްވަގުތެއްގައި އެހެން ހަތަރު ޤައުމެއްގައި ވެސް ކުރިއަށް އެބަ ގެންދެއެވެ.

ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހެކަތޯންގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 10،000 އަށްވުރެ ގިނަ ޑިވެލޮޕަރުން ބައިވެރިވާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވުނު “އެންޖަލްހެކް މޯލްޑިވްސް” ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އިސްމާއިލް ރަޝީދު ވިދާޅުވީ، ޒުވާނުން ބާރުވެރި ކުރުމަކީ ދިރާގުގެ ސީއެސްއާރް ގެ އެންމެ މުހިންމު އެއް ކަންތައް ކަމަށާއި އަދި މިހެކަތޯން ގައި ދިރާގުން ބައިވެރިވުމުގެ މަޤުސަދަކީ ދިވެހި ޒުވާނުންނަށް ފުރުސަތުތައް ހޯދައިދީ އެމީހުންގެ ހުނަރުތައް ދައްކާލުމަށް އެހީތެރިވެ ދިނުން ކަމަށެވެ.

“މިހެކަތޯން ދިވެހި ޑިވެލޮޕަރުންނާއި ކޯޑުކުރާ މީހުންނަސް ދުނިޔޭގެ ހެކަލެރޭޓާ ޕްރޮގްރާމްތަކުގައި ހުނަރު ދައްކާލުމަށް ލިބޭ ޕްލެޓްފޯމަކަށް ވެގެން ދާނެ” ދިރާގުގެ ސީއީއޯ ވިދާޅުވިއެވެ.

ރާއްޖެއަށް މިހެކަތޯން ގެނައި ފަރާތް ކަމުގައިވާ ސްޕާކްހަބް ކުންފުނީގެ މެނޭޖިން ޕާޓްނަރ އަލީ ހާރިސް ވިދާލުވީ މިހާރި ރާއްޖޭގެ އައިޓީ އިންޑަސްޓްރީ ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށާއި މިއީ ރާއްޖޭގެ ޑިވެލޮޕަރުންނަށް އެމީހުންގެ ހުނަރު ރާއްޖެއިން ބޭރަށް ގެންދަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.