ދަނާލުން ބ. އަތޮޅު ތައުލީމީ މަރުކަޒަށް ކޮމްޕިއުޓަރު ލެބެއް ހަދިޔާ ކޮށްފި

ދަނާލުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބީޓެކް ދަރިވަރުންނަށް ހަދިޔާކުރި ކޮމްޕިއުޓަރ ލެބް

ރެސިޑެންޝިއަލް ލާނިން ސެންޓަރ (ދަނާލު) ގެ ޓްރަސްޓް ފަންޑުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބީޓެކް ކިޔަވާ ދަރިވަރުންނަށް ކޮމްޕިއުޓަރު ލެބެއް ހަދިޔާ ކޮށްފި އެވެ.

ދަނާލުން ހަދިޔާކުރި އެ ލެބް ހުޅުވީ، ބ. ޓީޗަރ ރިސޯސް ސެންޓަރ (ޓީއާރުސީ) ގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސްކޫލުގެ ޕްރިންސިޕަލް އަހްމަދު ރަފީއު އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި ދަނާލުން ހަދިޔާކުރި އެ ލެބަކީ ދަނާލުގެ ޓްރަސްޓް ފަންޑުގެ އެހީގައި ހަދިޔާކުރި ލެބެކެވެ. 15 ކޮމްޕިއުޓަރ އަދި އިންޓަނެޓްގެ ހިދުމަތާއެކު ގާއިމުކުރި މި ލެބްގެ ސަބަބުން ބީޓެކް ކިޔަވާ ދަރިވަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.

ދަނާލުގެ ޓްރަސްޓް ފަންޑުން ބ. އަތޮޅު ތައުލީމީ މަރުކަޒަށް ގިނަ އެހީތަކެއް ވަމުންނެވެ. އއެގޮތުން އެ ސްކޫލަށް ކޮންމެ އަހަރަކު ދެ ސޮކްލާޝިޕާއި، އޯލެވެލް އާދި އޭ ލެވެލް އިން ހުރިހާ މާއްދާއަކުން އޭ ފާސް ހޯދާ ދަރިވަރުންނަށް ލެޕްޓޮޕް ދެމުންދާކަމަށް ފާހަގަކުރެވެ އެވެ.
އޭގެ އިތުރުން ދަނާލުގެ ޓްރަސްޓް ފަންޑުގެ އެހީގައި އެ ސްކޫލުގެ 6 ކްލާސްރޫމުގައި ސްމާޓް ޓީވީ އާއި ކޮމްޕިއިޓަރ ސިސްޓަމް ގާއިމުކޮށް ޑިޖިޓަލްވެސް ކޮށްފަ އެވެ.

ވޯލްޑްބޭންކާ، ޔޫއެންޑީޕީގެ އެހީގައި 2011 ވަނަ އަހަރު އިމާރާތްކޮށް ހިދްމަތްދޭންފެށި އޭދަފުށީ ދަނާލުގައި 20 އެޕާޓްމެންޓް ހުރެއެވެ. އެއީ ހަތަރު ކޮޓަރީގެ ހަތަރު އެޕާޓްމެންޓާއި، ތިން ކޮޓަރީގެ 16 އެޕާޓްމެންޓެވެ. 250 އެއްހާ މީހުން ދިރިއުޅޭ އެތަނުން ކުލީގެ ގޮތުގައި މަހަކު 60 ހާހަށްވުރެ ގިނަ ރުފިޔާ ލިބެމުންދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.