ދިރާގު ޓީވީއަށް ކުޑަކުދިންގެ މަގްބޫލު ޗެނަލް ސީބީބީސް


ބްރިޓިސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން، ބީބީސީގެ ސްޓޫޑިއޯ އެވޯޑް ވިނިން ކުޑަކުދިންގެ ޗެނަލެއްކަމަށްވާ ސީބީބީސް ދިރާގު ޓީވީއަށް ތައާރަފްކޮށްފިއެވެ.

ދިރާގުންބުނީ އެކުންފުނީގެ ޓީވީ ހުދުމަތް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށްވެސް މިހާރު ސީބީބީސް ލިބޭނެ ކަމުގައެވެ. ބީބީސީގެ ފުރާޅުގެ ދަށުން ހިންގަމުން އަންނަ ސީބީބީސް ޗެނަލަކީ ޔޫރަޕާއި މުޅި ދުޔިނޭގައިވެސް ބަގުބޫލުކަން ހޯދާފައިވާ ކުޑަކުދިންނަށް ހާއްސަ ޗެނަލެކެވެ.

ސީބީބީސް އަމާޒުކޮށްފައިވަނީ އުމުރުން ހަ އަހަރުން ދަށުގެ ކުދިންނަށެވެ. ކުޅިވަރާއި ކިޔެވުމުގެ ތެރެއިން އެތައް ކަމެއް ދަސްވާގޮތަށް ޕްރޮގްރާމްތައް ޑިޒައިންކޮށްފައިވާ ސީބީބީސްގެ ޕްރޮގްރާމްތައް އަމާޒުކޮށްފައިވަނީ ބޮޑަށް ޕްރީ ސްކޫލް ދަރުވަރުން ކިޔެވުމަށް ނުވަތަ ތަކެތި ދަސްކުރުމަށް ފަސޭހަވާނެ ގޮތަށެވެ.

ދިރާގުންބުނީ ސީބީބީސްގެ މަޝްހޫރު ކުޑަކުދިންގެ ބައެއް ޝީތައް ކަމަށްވާ ގޯ ޖެޓާސް، ސަރަ އެންޑް ޑަކް، ބީއޭއެފްޓީއޭފަދަ މަގްބޫލު ޝޯތައް މިހާރު ދިރާގު ޓީބީގެ ކަސްޓަމަރުންނަށް ބަލާލެވޭނެ ކަމުގައެވެ.

ސީބީބީސް ޗެނަލް ފެންނާނީ ދިރާގު ޓީވީގެ 165 އިންނެވެ.

ދިރާގުން ބުނީ އެކުންފުނީގެ ޓީވީގެ ހިދުމަށް 26 ރަށެއްގައި ދެމުން ގެންދާއިރު 300 ރުފިޔާ ދައްކާ އިންޓްރޯ ޕެކޭޖުން 90 އަށް ވުރެ ގިނަ ޗެނަލް ބަލާލުމުގެ ފުރުސަތު މިހާރުވެސް ލިބޭނެ ކަމުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.