ދިރާގާއި ކޮފީ ލެބް ރޯސްޓާސް ގުޅިގެން ބޮޑު ކޮފީ އިވެންޓެއް ބާއްވަނީ

ދިރާގާއި ކޮފީ ލެބްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ދިރާގާއި ކޮފީ ލެބް ރޯސްޓާސް ގުޅިގެން ރާއްޖޭގައި ބޮޑު ކޮފީ އިވެންޓެއް، މުބާރާތެއްގެ ގޮތުގައި ބާއްވަން ނިންމައިފި އެވެ.

“ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 – އަ ގެދަރިން ފޯ ކޮފީ ލަވާސް” އިވެންޓް އޮންނާނީ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ރަސްރަނި ބަގީޗާގަ އެވެ.

މިއީ މިހާތަނަށް ރާއްޖޭގައި އާއްމުންނަށް ހުޅުވާލައިގެން ބައްވާ މިކަހަލަ އެއްމެ ބޮޑު ކޮފީ އިވެންޓެވެ. މި އިވެންޓްގައި ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 ގެ އިތުރުން ރާއްޖޭގެ ތަފާތު ސްޕެޝަލްޓީ ކެފޭތަކާއި ބައްދަލުވެ އެތަންތަނުގެ ފަރާތުން އާއްމުންނަށް އެސްޕްރެސޯ، މެނުއަލް ބްރޫ، ސިގްނޭޗަ ބެވަރޭޖް އަދި ކޮފީ ޓޭސްޓިން (ކަޕިން) ފަދަ ސްޕެޝިއަލްޓީ ކޮފީގެ ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ލިބިގެނދާނެ އެވެ.

ވޯލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް އަކީ ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ ކޮފީ އިވެންޓެކެވެ. އެއްމެ ފުރަތަމަ 2010 ގައި ލަންޑަން ގައި ފެށި މި މުބާރާތް ކޮންމެ އަހަރަކު ވެސް ތަފާތު ގައުމެއްގެ ތަފާތު ސިޓީއެއްގައި ބާއްވަ އެވެ. މި އަހަރު ސިޑްނީގައި ބާއްވާ މުބާރާތުގައި ތަފާތު 50 ގައުމެއްގެ ޗެމްޕިއަނުން ވާދަކުރާނެ އެވެ. މި މުބާރާތުން އެއްވަނަ އަށް ހޮވޭ މީހަކަށް ދީރާގުގެ އެހީގައި ވޯލްލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 ގައި ވާދަކުރުމަށް އޮސްޓްރޭލިއާގެ ސިޑްނީ އަށް ދިޔުމުގެ ފުރުސަތު ލިބޭނެ އެވެ.

ކޮފީ ލެބް ރޯސްޓާސް ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަހުމަދު މުހައްމަދު (އަފްރާހު) ވިދާޅުވީ މި އިވެންޓުގެ މަގުސަދަކީ ކޮފީ އިންޑަސްޓްރީއެއްގެ ގޮތުގައި ދުނިޔެއަށް ދައްކައި ދިނުން ކަމަށެވެ.

“ރާއްޖޭގައި ވަރަށް ދުވަސްވީ ވަރުގަދަ ކޮފީ ކަލްޗަރ އެއް އޮވޭ. އަޅުގަނޑުގެ އަމާޒަކީ ކޮފީ އިންޑަސްޓްރީގެ ދުނިޔޭގެ ބޮޑެތި ސްޓޭޖް ތަކުގައި ދިވެހިރާއްޖެ ތަމްސީލު ކުރުން. އަޅުގަނޑުގެ އުންމީދަކީ ރާއްޖޭގެ ގިނަ ޒުވާނުން ސްޕެޝަލްޓީ ކޮފީ ދާއިރާއަށް ނުކުމެ ޕެޝަން އާއެކު ޕްރޮފެޝަނަލް ކެރިއާ އެއްގައި ކުރިޔަށް ދިޔުން،” އަފްރާހު ވިދާޅުވި އެވެ.

ސެޕްޓެމްބަރު ގައި މި އިވެންޓް ބޭއްވުމުގެ ކުރިން އޭރޯޕްރެސް އިން ކޮފީހެދުމުގެ ޕަބްލިކް ވޯކްޝޮޕް ތަކެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މި ވޯކްޝޮޕްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ:

19 ޖުލައި – ފެމިލީރޫމް ކެފޭ (ހުޅުމާލެ)
16 އޮގަސްޓް – ފެމިލީރޫމް ކެފޭ (ހުޅުމާލެ)
30 އޮގަސްޓް – ދިރާގު ޕްރިމިއަރ ލައުންޖް (މާލެ)
ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނީގެ ހައިސިއްޔަތުން، ދިވެހި ވިޔަފާރި ތަކަށް ދިރާގުން ވަރަށްބޮޑަށް އެހީތެރިކަން ދެއެވެ. އަދި މިއާއެކު ދިވެހި ހުނަރުވެހިން ބާރުވެރިކުރުމާއި މިފަރާތްތަކަށް ދުނިޔޭގެ ބޮޑެތި ސްޓޭޖްތަކުގައި ތަމްސީލު ކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ވެސް ދިރާގުން ވަރަށް އިސްކަން ދޭކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.