
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ހެނދުނު އޭދަފުއްޓަށް ވަޑައިގަތުމުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ރައީސް ނަޝީދު ހެނދުނު 10 ޖެހިއިރު އޭދަފުއްޓަށް ވަޑައިގަތުމުން އެމްޑީޕީ އާއި ނަޝީދަށް ތާއީދު ކުރާ ގިނަ ބަޔަކު ވަނީ ނަޝީދަށް މަރުހަބާ ކިޔުމަށް އުތުރު ބަނދަރަށް އެއްވެފައެވެ.
އެމްޑީޕީގެ ޗެއާޕަރސަން މޫސާ މަނިކާއި، ޕާލިމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދާއި، އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާއި އެމްޑީޕީ ޤައުމީ މަޖިލހުގެ މެމްބަރުން ބައިވެރވެވަޑައިގަންނެވި މި ދަތުރުގެ ބައިވެރިން މިރަށަށް ވަޑައިގަތުމުން ބޮޑުބެރުގެ ޚަރަކާތްތައްވެސް އެވަގުތު ކުރިއަށް ދިޔައެވެ.
އެއަށްފަހު، ސަޕޯޓަރުންނާއެކު ހިންގަވާފައި ނަޝީދު ވަޑައިގެންވީ އެމްޑީޕީ އޭދަފުށީ ހަރުގެ އަށެވެ. ހަރުގެއަށް ވަޑައިގެން ހަރުގެ ހުޅުވައްވައިދެއްވައި އެމްޑީޕީ ބޮޑުދިދަ ވެސް ނަޝީދު ވަނީ ނަންގަވައިދެއްވާފަ އެވެ.
ހަރުގޭގައި ސަޕޯޓަރުންނާ ވާހަކަދައްކަ ދެއްކެވަމުން ނަޝީދުވަނީ އޭދަފުއްޓަށް ގިނަ ވައުދުތަކެއްވެ ވަޑައިގެންފަ އެވެ. ނަޝީދު ވިދާޅުވީ 2014 ވަނަ އަހަރު ނިމުމުގެ ކުރިން އޭދަފުށީ ފަޅުހިއްކައިދީ މިރަށު ބިން ހިމާޔަތްކޮށްދޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި އޭދަފުށީގައި ބައިނަލް އަގްވާމީ ފެންވަރު ފުޓްބޯޅަ މެޗުތައް ކުޅެވޭނެ ފެންވަރުގެ ސްޓޭޑިއަމެއްވެސް ގާއިމުކޮށްދޭނެ ކަމަށް ނަޝީދު ވައުދުވެވަޑައިގެންނެވި އެވެ.
އެއަށްފަހު އެމްޑީޕީ ސިޔާސަތުގެ ދަށުން އޭދަފުށިގައި ގާއިމުކުރި ގެސްޓްހައުސް ރައީސް ނަޝީދު ވަނީ ހުޅުވައިދެއްވައިފަ އެވެ. “ހައުސް ޑީ ކޯރަލް” ގެ ނަމުގައި ހުޅުވި މި ގެސްޓްހައުސް ހަދާފައިވަނީ އޭދަފުށި” ޗާނދަނީވިލާ” ގޭގަ އެވެ.
(ތަފްސީލް އަންނަނީ)
ލޮލް.. ފޮޓޯތަކުން ފެންނަނީވެސް ގިނައިން ނުދަންނަ މީހުން..
ބަލަ ! ހަޖަމްނުވީ ދެއްތޯ ؟ އޭދަފުށީގެ 120 މީހުން އެމްޑީޕީއަށް ސޮއިކުރިކަން އެގުނީމަ . ދެން ލަލަލާ ! ރައީސް ނަޝީދުގެ ވެރިކަމުގައި މިރަށަށަށް ވަޑައިގަތްފަހަރަށްވުރެ ހޫނު މަރުހަބާއެއް ކީމަ ދެއްތޯ ހަޖަމްނުވަނީ . ދެން ކުރާނެކަމެއްނެތް . މިފަހަރު އިރާދަކުރެއްވިއްޔާ ހަމަ އެއްބުރުން މިކަން ނިންމާނަން . ދެންވެސް ހަޖަމް ކުރަން ދަސްކުރޭ !
ވަރަށް މައާފާއެކު ދަންނަވާނީ އޭދަފުށި ކެކިގެން އަރަނީ ؟ ޒުވާނުންގެ ފިކުރު އޮތީ ހަމަ ޒުވާން ރައީސާއެކުގަޔޭ !
ހީހީ ހަލާކު. އެހެން ރަށްރަށުމީހުން މާގިނަ މިއަދު. އަދި ގާސިމް އާދުވަހު މާގިނައިން ދިދަ ދަމާފަ ހުރި މިއަދު އަށް ވުރެން ގިނައިން.
ނޫސްވެރިން ނަކީ ވަކި އަތަކަސް ބުރަނުވެ ލިޔަން ޖެހޭނެ ބައެއް. ހަމަ އެއާ އެކު ތެދު ޚަބަރު ގެނެސްދޭ ބަޔަކަށްވެސް ވާން ޖެހޭނެ. އޭދަފުށިން ހޫނު މަރްޙަބާ އެކޭ ބުނި އިރު ފޮޓޯ ތަކުން އެހެރީ ފެންނަން. ބުނެވޭނީ ފިނި މަރްހަބާ އެކޭ.ތިން ހަތަރު އާއިލާ އެއްގެ މިހުންގެ އިތުރުން ހަމަ ވަރަށް މަދު ބަޔަކު.