އިދިކޮޅު އިއްތިހާދުން ވެސް ގޮއިފުޅަދޫ ދޫކޮށް ނުލާނެ: އިބޫ

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ބ. އަތޮޅަށް ކުރައްވާ ދަތުރުގައި އިއްޔެ ގޮއިދޫގައި — ފޮޓޯ: އެމްޑީޕީ

އެމްޑީޕީން 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ގޮއިދޫ އަދި މި އަތޮޅުގެ ބައެއް އެހެން ރަށްރަށުގައި ތަރައްގީގެ މަޝްރޫއު ފަށާފައިވާނެ ކަމަށާއި އިދިކޮޅު އިއްތިހާދުން ވެސް ގޮއިފުޅަދޫ ދޫކޮށްނުލާނެ ކަމަށް، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އިއްތިހާދުން އިއްޔެ ބ. އަތޮޅުގައި ފެށި ކެމްޕެއިނުގައި މި އަތޮޅު ގޮއިދޫގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ގޮއިފުޅަދުއަކީ މި އަތޮޅުގައި ވަކިން އޮތް ކުޑަ އަތޮޅެއް ކަމަށާއި ޒަމާނުއްސުރެ ރާއްޖޭގެ ވެރިކަމުގެ ފަރާތުން އެހާ ބޮޑަށް އަޅާލައިފާ ނެތް އަތޮޅެއް ކަމަށެވެ.

“އެހެން ނަމަވެސް 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ މުޅި ރާއްޖެއަށް ހަމަހަމަކޮށް ތަރައްގީ ގެނައުމުގެ މަޝްރޫއެއް އެއިރު ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ފެށިން. މި ރަށުން މިއަދު ފެނިވަޑައިގަންނަވާ ބަނދަރަކީ އެއިރު ސަރުކާރުން އެޅި ބަނދަރެއް،” އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ބ. އަތޮޅަށް ކުރައްވާ ދަތުރުގައި އިއްޔެ ގޮއިދޫގައި — ފޮޓޯ: އެމްޑީޕީ

“އެގޮތުން މި ރަށާއި މި ފަޅާ ގުޅިފައިވާ ތިން ރަށަކީ ވެސް އަޅުގަނޑުމެން ދޫކޮށްލާނެ ތިން ރަށެއް ނޫން. އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮތް އެންމެ މުހިންމު އެއް ކަމަކީ ލާމަރުކަޒީ ނިޒާމުން ރަށްތައް ހިންގުން. އެއިގެ އިތުރުން މުޅި ރާއްޖޭގެ ކަންކޮޅުތަކަށް ޓުއަރިޒަމްގެ ސިޔާސަތު ފުޅާކުރުން،” އިބޫ ވިދާޅުވި އެވެ.

ގޮއިދޫއަކީ މިހާތަނަށް އައިރު ވެސް ފެނާއި ނަރުދަމާ ގާއިމުކޮށްފައިވާ ރަށެއް ނޫންކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އެބޭފުޅުންގެ ސަރުކާރެއްގައި އެކަން ކޮށްދެއްވާނެ ކަމަށެވެ.

“މި ރަށަކީ އަދި ނަރުދަމާ އާއި ބޯފެނުގެ ހިދުމަތް ލިބިފައިނުވާ ރަށެއް. އަޅުގަނޑުމެންގެ ވެރިކަމެއްގެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަށްތައް ތަރައްގީ ކުރަމުންދާއިރު މި ރަށުގެ ބޯފެނާއި ނަރުމާއަކީ އެ ލިސްޓުގައި ހިމަނައިގެން ކުރިއަށް ގެންދާނެ މަޝްރޫއެއް،” ގޮއިދޫގައި އިއްޔެ އިބޫ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ދިއްދޫ

    ކޮންއިރަކުބާ ގޮއިފުޅަފެހެންދޫ ބާއަތޮޅުން ދޫކޮށްލީ؟ ބާއަތޮޅުން އިބޫމެން ދޫކޮށްލީ އޭދަފުށި. ދެންކީކޭބާ ކިޔާނީ. ނަޝީދުވެސް ރަށަށް އަރާފައިބާނީ ވައިރޯޅިއެއްހެން. އެހެނެއް ނަހަދާ އެހެންރައީސުންނެއް. ވާގޮތަކީ ވައުދެއްވާންވެސް ނޭނގެނީ. ސަރުކާރަކާ ހަވާލުވަާ ކޮންމެމީހަކު ޖެހޭތަ ވައުދުތަކެއްވާން. ގާނޫނުއަސާސީގަ އޮންނާނެ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ލިޔެފައިބޫ. އިސްލާމްދީނުގެ ހުވައެއްކޮށްގެނެއްނޫންތަ ސަރުކާރާ ހަވާލުވަނީ. އެނގޭބާ ލިޔެފަ އޮންނައެއްޗެއް. އެކަމަކު ވަކިމީހަކު ބުނާހާގޮތެއް ތިހަދަނީ. ޕާޓީމީހުނަށްނޫނީ އެހެންމީހަކަށް ކަންފުޅެއްވެސް ވިޔަކަނުދޭ. ބިމެއްވިޔަސް ހަދިޔާއެއްވިޔަސް ވަޒީފާއެއްވިޔަސް ލިބޭނީ ޕާޓީއޭކިޔާ ނުލަފާ ޖައްބަރު މީހުނަށް. އަދިވެސް ކިޔާ ވައުދޭ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.