އިބޫ އަށް އޭދަފުށިން ހޫނު މަރުހަބާއެއް ކިޔައިފި

އޭދަފުށިން މަރުހަބާ ކިޔަން އެއްވި ބަޔަކާ އިބޫ ސަލާމުކުރައްވަނީ—އީޓީ ފޮޓޯ/ތޯރިގް

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން ވާދަ ކުރައްވާ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ކެމްޕޭނަށް މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އޭދަފުއްޓަށް އަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

މީގެ ކުޑަ އިރުއްކޮޅެއް ކުރިން އިބޫ އާއި އޭނާގެ ޓީމް މިރަށަށް ވަޑައިގަތުމުން، މަރުހަބާ ދަންނަވަން އިދިކޮޅު އިއްދިހާދަށް ސަޕޯޓްކުރާ މިރަށުގެ ގިނަ އަދަދެއްގެ މީހުން އެއްވިއެވެ. އޭގެ ތެރެއިން ގިނަ ބަޔަކާ އިބޫ ސަލާމް ކުރެއްވި އެވެ.

އޭދަފުށިން މަރުހަބާ ކިޔަން އެއްވި ބަޔަކާ އިބޫ ސަލާމުކުރައްވަނީ—އީޓީ ފޮޓޯ/ތޯރިގް
އޭދަފުށިން މަރުހަބާ ކިޔަން އެއްވި ބަޔަކާ އިބޫ ސަލާމުކުރައްވަނީ—އީޓީ ފޮޓޯ/ތޯރިގް

އިބޫ އަދި އިދިކޮޅު އިއްތިހާދުގެ ކެމްޕެއިން ޓީމް މިއަދު މެންދުރުފަހު މިރަށަށް ވަޑައިގެންނެވި އިރު ރަށުގެ ބަނދަރު މަތީގައި ވަނީ އެ އިއްތިހާދުގެ ޕާޓީތަކުގެ ދިދަތައް ޖަހައި ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ.

އޭދަފުށިން މަރުހަބާ ކިޔަން އެއްވި ބަޔަކާ އިބޫ ސަލާމުކުރައްވަނީ—އީޓީ ފޮޓޯ/ތޯރިގް

އޭދަފުއްޓަށް ވަޑައިގެން މިރަށުގައި އެމްޑީޕީ ޖަޒީރާ އޮފީސް ހުޅުވައިދެއްވުމަށްފަހު އިބޫވަނީ އޭދަފުށީގެ ގިނަ ކަންތައްތަކެއް މިހާރަށްވުރެ ރަނގަޅު ކުރައްވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ.

އޭދަފުށިން މަރުހަބާ ކިޔަން އެއްވި ބަޔަކާ އިބޫ ސަލާމުކުރައްވަނީ

އޭދަފުށިން މަރުހަބާ ކިޔަން އެއްވި ބަޔަކާ އިބޫ ސަލާމުކުރައްވަނީ

އެގޮތުން އޭދަފުށީ ތައުލީމީ ނިޒާމް މިހާރަށްވުރެ ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އޭދަފުށިން ހިއްކާފައިވާ 27 ހެކްޓަރުގެ ބިމުން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ދޫކުރާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އޭދަފުށިން މަރުހަބާ ކިޔަން އެއްވި ބަޔަކާ އިބޫ ސަލާމުކުރައްވަނީ

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. ދިއްދޫ

    އިސްމާލާ މަބުރޫކުމެންގާތު ބުނެބަލަ ދުވަސްވީ މީހުންނަށް ފުރައްސާރަކުރުން ހުއްޓާލާކަށް ނުޅޭންހޭ؟ އެމީހުންނަށް އިޙުތިރަމުކުރަން ދަސްކުރަންވެއްޖެއެއްނޫންހޭ؟ އެއަށްވުރެ މާރީއްޗެއްނޫންހޭ މަބުރޫކުމެން އެގޮތަށް ހެދުންއަޅަން. މޮހޮނދުމެންނަށްވުރެ

    ރައްދު
  2. ދިއްދޫ

    ވަރަށް ހޫނު. އިސްމާލުމެންނަށް ހޫނުވާނެ މީހަކު ނުނިކުތަސް. މޮޔަހައްދާފަތިބިބަޔަކު އެބަތިބި، އެއީ އެމީހުނަށްކުރާ ފުރައްސާރައެއްނޫންތަ އިސްމާލު.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.