އޭދަފުށީގެ ތައުލީމީ ނިޒާމް މިހާރަށްވުރެ ހަރުދަނާ ކުރާނަން: އިބޫ

އޭދަފުށިން މަރުހަބާ ކިޔަން އެއްވި ބަޔަކާ އިބޫ ސަލާމުކުރައްވަނީ—އީޓީ ފޮޓޯ/ތޯރިގް

ވެރިކަން ލިބިވަޑައިގެންފި ނަމަ އޭދަފުށީގެ ތައުލީމީ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރައްވާނެކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އިއްތިހާދުން އިއްޔެ ބ. އަތޮޅުގައި ފެށި ކެމްޕެއިނު ދަތުރުގައި މިއަދު އަތޮޅުގެ ވެރިރަށް އޭދަފުއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ކޮންމެ ސަރުކާރަކުންވެސް މިރަށުގެ ތަރައްގީއަށްޓަކައި ބޮޑެތި ކަންތައްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ.

“އެހެން ނަމަވެސް މިއިން ކޮންމެ ކަމަކީ އިތުރަށް ތަރައްގީކުރަންޖެހޭނެ ކަންތައް. ރައްޔިތުންގެ ބޭނުމާއި އިހްސާސްތަކާ އެއްގޮތަށް އޭރަކު އޮންނަ ވެރިކަމަކުން އެ ހިދުމަތްތައް ފޯކޮށްދޭން ޖެހޭނެ. އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި މިރަށުގެ ތައުލީމީ ނިޒާމު މިއަށްވުރެ ބޮޑަށް ހަރުދާނާކުރާނަން،” އިބޫ ވިދާޅުވި އެވެ.

އޭދަފުށިން މަރުހަބާ ކިޔަން އެއްވި ބަޔަކާ އިބޫ ސަލާމުކުރައްވަނީ—އީޓީ ފޮޓޯ/ތޯރިގް

އިބޫ ވަނީ އޭދަފުށީގެ ރައްޔިތުންނަށް އިތުރު އެހެން ވައުދެއްވެސް ވެވަޑައިގެންފަ އެވެ. އެގޮތުން އޭދަފުށިން ހިއްކާފައިވާ 27 ހެކްޓަރުގެ ބިމުން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ދޫކުރާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން މިރަށުން ހިއްކާފައިވާ ބިމުގެ ބޭނުން ނުކުރެވި އޮތީ އެކިއެކި ސިޔާސީ ސަބަބުތަކަށް ޓަކައި ކަމަށާއި އެ ބިމުގެ ބޭނުން ހިފަން ސަރުކާރުން ފަސްޖެހިފައިވާ ކަމަށެވެ.

“އެހެން ނަމަވެސް އަޅުގަނޑު މިއަދު ތިޔަ ބޭފުޅުންނަށް ޔަގީންކަން އަރުވަނީ އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މިހެން ހިއްކާފައިހުރި ބިންތަކާއި ބިން ބޮޑު ރައްތަކުން ގޯތި ކަނޑައި، ރައްޔިތުންނަށް ދޫކުރާނަމޭ،”

އޭދަފުށިން މަރުހަބާ ކިޔަން އެއްވި ބަޔަކާ އިބޫ ސަލާމުކުރައްވަނީ—އީޓީ ފޮޓޯ/ތޯރިގް

އޭދަފުށީގައި ވާހަކަދައްކަވަމުން އިދިކޮޅު ކެންޑިޑޭޓް ވަނީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ވައުދުތަކެއް ވެފަ އެވެ. އެގޮތުން އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި އެސްޓީއޯއިން ކުރާ ވިޔަފާރިތަކުގެ ބޮޑު ބައެއް އާންމު ވިޔަފާރިވެރިންނަށް ދޫކޮށްލާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

މީގެ އިތުރުން މީރާއަކީ ހަރުދަނާ އުސޫލެއް ނެތި ޓެކްސް ނަގާ އޮފީހެއްގެ ބަދަލުގައި ގާނޫނަކުން ފާސްކޮށްގެން ޓެކްސް ނަގާނެ އޮފީހެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ބ. އަތޮޅުގެ ނުވަ ރަށަކަށް ކުރައްވާ މި ދަތުރުގައި ރޭވަނީ ތުޅާދޫގައި ބޮޑު ޖަލްސާއެއް ބޭއްވާފަ އެވެ. އަދި މިއަދު ހިތާދޫއާއި މާޅޮހަށް ވަޑައިގެން އެ ރަށްރަށުގައި ތިއްބެވި ސަޕޯޓަރުންނާ ބައްދަލުކުރައްވައި އިއްތިހާދު ސަރުކާރެއްގައި ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. ދިއްދޫ

    ނަހާމިސް ތިބުނީ ރަނގަޅުވާހަކައެއް. ޕްރިންސިޕަލަކަށްނަމަވެސް އައިސްދިނިއްޔާ ރަނގަޅު. އިބޫމެންގެ ދައުރުގަ އޭދަފުއްޓެއް ޗާޓަކުނެތް. ދެންކީކޯ މިކިޔަނީ. އޭދަފުށިޓައިމްސުން އިރުކޮޅަކާ އެބަޖަހާ އިބޫ ވިދާޅުވިއޭ ކޮންވެސް ހާސަރެއް. ހާދަވަރެއް އެބަހުއްޓޭ ދޯ އިސްމާލުމެން. ފުރަތަމަ ޖެހޭނީ ޗާޓު ކުރަހާކަށްނު.

    ރައްދު
  2. ނަހާމިސް

    އޭދަފުށީގެ ތަޢުލީމީ ޙާލަތު ރަނގަޅު ކުރުމަށް އިބޫއަށް ވަކިން ކޮށްދެވޭނީ ކޮން ކަމެއްބާ! ކިތަންމެ މޮޅު ޓީޗަރުންނެއް ތިއްބަސް އެ ބައިމީހުން އިޚްލާޞްތެރިކަމާއެކު އެކަން ކޮށްފިނަމަ ރަނގަޅުވާނެ! އަޅުގަނޑަށް ފެންނަނީ އިބޫ ބ އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލަކަށް ވަޑައިގެންދެއްވުން . އޭރުން ފަހަރެއްގައި މިހާރަށްވުރެ ރަނގަޅުވެދާނެ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.