ކެންދޫގައި ބޭއްވި ޑައިމަންޑް ކަޕްގެ ޗެމްޕިއަންކަން ވިނާސް ބޯއީސް ހޯދައިފި

ބ. ކެންދޫ ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އިންތިޒާމް ކޮންގެން އެ ރަށުގައި ބޭއްވި “14 ވަނަ ޑައިމަންޑްކަޕް” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިނާސް ބޯއީސް ޓީމު ހޯދައިފިއެވެ.

2000 ވަނަ އަހަރުން ފެށިގެން މެދު ކެނޑުމެއްނެތި ކުރިއަށް ގެންދަމުންދާ މި މުބާރާތުގައި މިއަހަރު ފަސް ޓީމު ވާދަކުރިއެވެ. އެއީ ވީ އާ ވަން، އަސްކަރީ، ވީ.ޖީ.ސީ، އެފްސީ ޖުވެނައިލް އަދި ވިނާސް ބޯއީސް އެވެ.

މުބާރާތުގެ ފައިނަލް މެޗްގައި ބައްދަލު ކުރީ ވިނާސް ބޯއީސް އާއި ވީ.ޖީ.ސީ އެވެ. ފުރިހަމަ ވަގުތު ކުޅެގެން ދެޓީމު އެއްވަރު ވުމުގެ ސަބަބުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޗެމްޕިއަންޓީމަށް 2،000ރ ކަނޑައަޅާފައިވާ މިމުބާރާތުގެ އެންމެ މޮޅު ތިންކުޅުން ތެރިންނަށް ހޮވިފައިވަނީ ރަބީއު އަހްމަދުއާއި ޝިޔާމް އަދި ހަމްޒަތު މުޙައްމަދު އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ އަސްކަރީގެ އަލީ ހައްމާދެވެ. އެންމެ ގިނަ ލަނޑު ޖަހައިގެން މުބާރާތުގެ ޓޮޕް ސްކޯރާ މަގާމް ހޯދާފައިވަނީ ވީ.ޖީ.ސީގެ ދެ ކުޅުން ތެރިންކަމުގައިވާ އަބްދުލް މުޢުމިން އަބްދުލް ވަހާބް އާއި އަހްމަދު އަބްދުއްރަހްމާން (ރޮމާ) އެވެ. ފެއަރ ޕްލޭ ޓީމަކީ އަސްކަރީއެވެ.

މިއީ ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން މިއަހަރު ބޭއްވި 4 ވަނަ މުބާރާތެވެ.
ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަކީ ކުރިވަރާއި މުނިފޫހިފިލުމުގެ ޙަރަކާތްތައް ދިރުވާ އާލާ ކުރުމުގެ މަޤްސަދުގައި އުފައްދާފައިވާ ކްލަބެކެވެ. މިކްލަބުން ދަނީ ކަންދޫގައި ތަފާތު މުބާރާތްތައް ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.