އޭދަފުށީގައި އެމްޑީޕީގެ “ޖަޒީރާ ރާއްޖެ” ކެމްޕޭން އޮފީހެއް ހުޅުވައިފި

އޭަދަފުށީގައި ހުޅުވި އެމްޑީޕީގެ ކެމްޕެއިން އޮފީސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން “ޖަޒީރާ ރާއްޖެ” ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭންގެ ދަށުން އޭދަފުށީގައި ކެމްޕޭން އޮފީހެއް ހުޅުވައިފި އެވެ.

އިދިކޮޅު އިއްތިހާދުން މިހާރު ބ. އަތޮޅުގެ ނުވަ ރަށަކަށް ކުރަމުން ގެންދާ ދަތުރުގައި، އޭދަފުއްޓަށް ވަޑައިގެން އެ އޮފީސް ހުޅުވައިދެއްވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.

އެ ރަސްމިއްޔާތުގައި، ވާހަކަދައްކަވަމުން ބ. އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކް ނަސީރު ވިދާޅުވީ މި ކެމްޕޭން އޮފީހުން ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ވަރަށް ރީއްޗަށް ކުލަ މަންޒަރެއް ފެނިގެންދާނެ ކަމަށެވެ.

ކެމްޕޭން އޮފީސް ހުޅުވަށް ބޭއްވި ބައްދަލުވުމުގައި މަބްރޫކު ވާހަކަދައްކަނީ

“ކެމްޕޭނެއް ކުރަންޖެހޭ ހުރިހާ މަސައްކަތަކަށް އެންމެ ފަރިތަ ބަޔަކީ އަޅުގަނޑުމެން. އެކަން ވަރަށް ފަރިތަކަމާއެކު އަޅުގަނޑުމެން ކުރިއަށް ގެންދާނަން، އެކަމަކު އެއީ ދައުލަތުގެ އެއްވެސް ވަސީލަތެއް ބޭނުމެއް ނުކޮށް،”

މަބްރޫކު ވިދާޅުވީ، މި އޮފީހުގެ އިތުރުން ވަރަށް އަވަހަށް ކެމްޕޭން ޖަގަހަތައް ވެސް ހުޅުވަމުން ގެންދާނެ ކަމަށާއި އޭދަފުށީ ރައްޔިތުންނަކީ ވަރަށް ވިސްނުންތެރިކަމާއެކު މޮޅުވާކޮޅަށް ވޯޓްލާ ބައެއް ކަމަށެވެ.

“އޭދަފުށީ ރައްޔިތުންނަކީ ވަރަށް ވިސްނުންތެރިކަމާއެކު މޮޅުވާ ކޮޅަށް ވޯޓްލާ ބައެއް، އެއީ އަޅުގަނޑުމެން ކޮޅު. ގުޅިފައިވާ އިއްތިހާތުގެ ކޮޅު،”

މަބްރޫކު ވިދާޅުވި ގޮތުގައި މިފަހަރުގެ ރިޔާސީ އިންތިހާބުގައި ބ. އަތޮޅުން ގުޅިފައިވާ އިއްތިހާދަށް އެންމެގިނަ ވޯޓް ލިބޭނީ ވެރިރަށް އޭދަފުށިންނެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. ކަމަނަ

    މަ ކުރިން ވޯޓު ލީ ތިޔަ ރީނދޫ ކުލައަށް. އެކަމުގެ ސަބަބަބުން މި ރަށް ލިބުނު ކުރިއެރުމެއް ނެތް. އކަމު ޔާމިން އާއި ފަހުން ކިހާ ކަންތަކެއް ކޮށް ދީފީ. މަގޭ ވޯޓާ އާއިލާ 28 ވޯޓު މިފަހަރު ޔާމީން އަށް. ފަނާކުރާ ބަޔަކަށް ވޯޓު ލާކަށް ނުވާނެ.

    ރައްދު
  2. މުޙައްމަދު އަލީ

    އޭދަފުށީ ރައްޔިތުން ތިބީ ރައީސް ޔާމީނާ އެކު ރަށަށް އަންނަ ތަރައްޤީ ރައްޔިތުން ބަލައިގަންނާނެ 23 ސެޕްޓެމްބަރު ގައި ވަރަށް ރީތި ޕިންކު ކުލައެއް އޭދަފުށިން ކާމިޔާބު ކުރާތަން މަބުރޫކު ނަޞީރަށް ފެނިގެންދާނެ .

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.