އޭދަފުށީގައި ބައިނަލްއަގުވާމީ ބޯޅަދަނޑެއް އަޅައި ދޭނަން: ނަޝީދު

ނަޝީދު

ބ. އޭދަފުށީގައި ބައިނަލްއަގުވާމީ ފެންވަރުގެ ބޯޅަދަނޑެއް އަޅައިދެއްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެޑިޑޭޓް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު ވައުދުވެ ވަޑައިގެންފި އެވެ.
ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އޭދަފުއްޓަށް ވަޑައިގެން ގިނަ ވައުދުތަކެއް ވަމުން ރައީސް ނަޝީދު ވިދާޅުވީ އޭދަފުއްޓަކީ ފުޓުބޯޅާގެ ކުރި އަރާފައިވާ ރަށެއްކަމަށާއި މިރަށުގެ ބައިނަލް އަގުވާމީ ދަނޑެއްއޮންނަން ޖެހޭނެކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެއްރަށަކުން ގައުމީ ފުޓްބޯޅަޓީމް ގައި އެންމެގިނަ ކުޅުންތެރިން ތިބީ މިރަށުގައި ކަމަށާއި އެހެންކަމުން އޭދަފުށީގައި ޓާފުދަނޑެއް ވެސް އަޅާދޭންޖެހޭ ކަމަށެވެ.
“އަޅުގަނޑު ލަދުގަނޭ މިރަށު ބޯޅަދަނޑުފެނިފަ. މިރަށުގައި ޓާފުދަނޑެއް އަޅުގަނޑުމެން އަޅާދޭނަން. އަދި ބައިނަލްއަޤުވާމީ ބޯޅަދަނޑެއް ވެސް އަޅާދޭނަން. އޭދަފުށީ ޒުވާނުން އަލުން އެއްވަނަ ޑިވިޝަންއަށް އަޅުގަނޑުމެން ގެންގޮސްދޭނަން” ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި އެމަނިކުފާނުގެ ވެރިކަމުގައި މިރަށުގެ ބިން ސޯޅަ ނޫނީ ސަތާރަ ހެކްޓަރ އަށް ހިއްކާދޭނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޑީއާރޫޕީ ގެ މެންބަރުންގިނަ އޭދަފުށީ ރައްޔިތުން އެމްޑީޕީއަށް ގުޅުމަށް ވެސް ނަޝީދު މިއަދު ގޮވާލެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. nasheet

    މީނަ ދައްކާ ވާހަކަ ތަރުޖަމާ ކުރަން ޖެހޭނީ އަނެއް ކޮޅަށް. މިވެނި ކަމެއް ކޮށްދޭނަމޭ ބުނެފިއްޔާ އެ ކަމެއް ނުކޮށްދޭނެ.

    ރައްދު
  2. Shard

    ގަބޫލެއްނުކުރެވޭ… އަޅަންފެށީމަ ވޯޓުދީފާނަން. އެކަމްވެސް އޭދަފުއްޓަށް ފުޓުބޯޅަދަނޑެއްބޭނުންވާކަން މަނިކުފާނަށް އިހްސާސްވީތީ ސުކުރުކުރަން. އެންމެ ކުނޑައިރުންފެށިގެންވެސް ހުދު އަޅުގަނޑުވެސް ދެކެމުންއަންނަ ހުވަފެނެއްތިއީ.

    ރައްދު
  3. ބަތްޕެން

    ޑީ.އާރު.ޕީއަށް ނިސްބަތްވާ އެއްވެސް މެމްބަރަކު ތިޔަ ރީދޫ ޕާޓީއަކަށް އޭދަފުއްޓަކުން ސޮއެއް ނުކުރާނެ، މިފަހަރުވެސް ތިޔަ ސޮއިކުރީ ކުރިންވެސް ރީދޫ ޕާޓީއަށް ތާއީދުކޮށްގެން މުޅިރަށުގަ ގިނަވެގެން އުޅޭ ޕާޓޭ ގްރޫޕެއް، ބުއްދި ހަމަޖެހޭ މީހަކު އޭދަފުއްޓަކުން ސޮއެއްނުކުރާނެ، އެކަން އަންނިއަށްވެސް އަދި ޝާހިދަށާ، ރީކޯމޫސައަށްވެސް މިހާރު ހުންނާނީ އެގިފައި. ސޮއިކުރި ޕާޓޭ ގްރޫޕްވެސް މާދަމާ ޔާމީން އަންނަ އިރަށް އެކަން ބަދަލުވާނެ، ދެން ލަލަލަލާ

    ރައްދު
  4. bakuru

    2010 ވަނަ އަހަރު ރައްޔިތުންގެ މަޖްލިސް އިން ފާސްކުރި ބަޖެޓް ގައި 23 މިލިއަން ރުފިޔާ އޭދަފުށި ބިންހިއްކުމަށް ހިމަނާފައިވޭ، އޭރު ބިން ނުހިއްކުނު އެކަމަކު 2014 ގައި ބިން ހިއްކޭ، ކެނެރީގެ ނަޝީދު ހަދާނީ ހުސްދޮގު. ނަސީދު ވެރިކަމުގައި އޭދަފުށީގައި ފުޓްބޯޅަ ދަނޑެއް ނޭޅިފައި، 2014 ގައި ކިހިނެއް ވަކި އަޅާނީ. ޤަބޫލު ކުރިޔަސް ނުކުރިޔަސް ނަޝީދު ވެރިކަމުގައި އިންޓަރނޭޝަނަލް ފުޓްބޯޅަ ދަނޑެއް އޭދަފުށީގައި އަޅައެއް ނުދޭނެ. ނަޝީދުއަށް އެގިވަޑައިގަންނަވާތޯ އިންޓަރނޭޝަނަލް ފުޓްބޯޅަ ދަނޑެއް ހަދަން ކިތައް މިލިޔަން ޑޮލަރ ޚަރަދު ވާނެކަން

    ރައްދު
    1. John

      އޭދަފުށްޓަށް ކަމެއްވިޔަނުދެނީ ހަމަ އޭދަފުށީ މީހުންގެ ނާތަހިޒީބުކަމުން. އޭދަފުށީ މީހުން ގޮތްދޫނުކުރީތީ… ނަޝީދު ކަމެއް ކުރަން އުޅުނީމަ ކިތައް މީހުން އުޅުނީ ކުރިޔަ ނުދޭން؟ ރަށު އޮފީހާއި އަތޮޅު އޮފީހާއި ކައުންސިލުންވެސް ކިހާ މަސައްކަތެއް ކުރި ނަޝީދު ވެރިކަމުގަ ކަމެއް ވިޔަނުދޭން. ދެންބުނާނެ ނަޝިދުއަށް ކަމެއް ނުކޮއްދެވޭނެޔޭ. ތިމީހުނަށް ނަޝިދުއަށް ކުރެވުނު އެއްވެސް ރަނގަޅު ކަމެއް އެބައޮތްތަ؟ ނޯންނާނެ. ތީ ބާގީންނަށް ވީމަ ވާގޮތޭ ބަކުރާ. ތިހެންބުނި ކިތައްމެ މީހެއް، އެކަމްވެސް ނަޝީދު އޮތީ ގިނަ ކަންތައްތަކެއް ކޮށްދީފަ. ހަޖަމް ނުވަނީ. އިންޓަރނޭޝަނަލް ފުޓްބޯޅަ ދަނޑުވެސް އަޅާނީ ހަމަ އެއްބުރުން.

      ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.