ދިރާގަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 215.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެ ކުންފުނިން އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް 694.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ސާފު ފައިދާ ތިން ޕަސެންޓް އިތުރުވެފައިވާކަމަށް ދިރާގުން ބުންޏެވެ.
އެ ކުންފުނި ހިންގުމުގެ ހަރަދުގެ ގޮތުގައި މިދިޔަ ކުއާޓަރުގައި 349.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ދިރާގުން ބުނީ، މިދިޔަ ކުއާޓަރުގައި ސާފު ފައިދާ އިތުރުވި މައިގަނޑު ސަބަބަކީ މޯބައިލް ޑޭޓާ އާއި ފައިބާ ޓުދަ ހޯމް ސާވިސް އާއި އެންޓަޕްރައިސް ސާވިސް އިން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށެވެ.
އެ ކުންފުނިން މިދިޔަ ކުއާޓަރުގައި ޓެކްސްގެ ގޮތުގައި 35.1 މިލިއަން ރުފިޔާ ދައްކާފައިވެއެވެ.