މިރިޔަންދޫ ރިސޯޓްގެ “ކެރިއަ ޑޭ” މާދަމާ އޭދަފުށީގައި

ބ. އަތޮޅުގައި ތަރައްގީކުރާ ވެސްޓިންގެ މިރިޔަންދޫ ރިސޯޓް. މި ރިސޯޓަށް މުވައްޒަފުން ނެގުމަށްބާއްވާ ފެއާއެއް މާދަމާ އޭދަފުށީގައި އޮންނާނެ

އެންމެ މަތީ ފެންވަރުގެ 70 ވިލާއާއެކު އަންނަ އޮކްޓޯބަރު 1 ގައި ހުޅުވާގޮތަށް ހަމަޖައްސާގައިވާ ބ. މިރިޔަންދޫ ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ބާއްވާ “ކެރިއާ ޑޭ” މާދަމާ އޭދަފުށީގައި ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

ހޮނިހިރު ދުވަހު ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި ބާއްވާ “ކެރިއާ ޑޭ” ގައި އެ ރިސޯޓަށް ބޭނުންވާ ތަފާތު އެކި ދާއިރާތަކުން މުވައްޒަފުން ނެގުމަށް އިންޓަވިއު ކުރާނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން، އެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލްގެ މަޝްހޫރު ވެސްޓިން ބްރޭންޑްގެ ރިސޯޓު ޑިޒައިންކޮށްފައި ވަނީ އިޓަލީގެ ޑިޒައިން ސްޓޫޑިއޯއެއް ކަމަށްވާ ޕެލާ އެސޯސިއާޓީ ކިޔާ ކުންފުންޏަކުންނެވެ.

ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު (693.9 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާ ރިސޯޓުގެ ވިލާތަކަކީ ވަރަށް ހިތްގައިމު ޑިޒައިނަކަށް ގުދުރަތީ ވައި ލިބޭ ގޮތަށް، ހަދާފައިވާ ތަންތަނެވެ. އަދި އެ ވިލާތަކުގެ އިންޓީރިއާ ތައްޔާރުކޮށްފައިވަނީ ރާއްޖެ އާއި މި ސަރަހައްދުގެ ބައެއް ގައުމުތަކުން ހޯދި ލަކުޑި ބޭނުންކޮށްގެންނެވެ.

މި ރިސޯޓަށް މުވައްޒަފުން ހޯދުމަށް މިދިޔަ މަހު ފަހުކޮޅު މާލޭގައި ވެސް ރިކަރޫޓްމެންޓް ޑޭ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.