ދިރާގުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައި، 31 މުވައްޒަފަކަށް އިނާމު ދީފި

ސްޕެޝަލް މެރިޓް އެވޯޑް ލިބުނު މުވައްޒަފުން އެވޯޑާއެކު މަޑޫކޮށްލައިގެން—ފޮޓޯ / ދިރާގު

ދިރާގުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އެ ކުންފުނީގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައި، 31 މުވައްޒަފަކަށް ރޭ އިނާމު ދީފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ކްލަބް ފަރުގައި ބޭއްވި ހަފްލާގައި ދިރާގުގެ އެންމެ ޝަރަފްވެރި އިނާމުކަމަށްވާ ޗެއަޕާސަންސް އެވޯޑް ހާސިލްކޮށްފައިވަނީ ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަނެވެ. އަދި އިނޮވޭޝަން އެވޯޑާއި އައުޓްސްޓޭންޑިންގ ލީޑަރ އެވޯޑް، ޑިވިޝަންލް މެރިޓް އެވޯޑް އަދި ސްޕެޝަލް މެރިޓް އެވޯޑް ލީޑާޝިޕް އެވޯޑްތައް ދިނެވެ.

ދިރާގުގެ ޗެއާމަންގެ އެވޯޑް ހާސިލްކުރި މުހައްމަދު މިރްޝާން، އެވޯޑާއެކު.—ފޮޓޯ: ދިރާގު

ދިރާގުން ބުނީ އިނާމު ދިނުމުގެ ޖަލްސާގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި މުވައްޒަފުން ފޯރުކޮށްދޭ ހިދުމަތުގެ އަގުވަޒަންކޮށް އެކަމަށް ތަރުހީބު ދިނުން ކަމަށެވެ.

ދިރާގުން ބުނިގޮތުގައި މިއަހަރުގެ ހަފުލާފައި ފާހަގަ ކޮށްލެވުނު އެންމެ ހާއްސަ އެއްކަމަކީ މިއަހަރުގެ އެވޯޑްގެ ޓްރޮފީ ޑިޒައިނެއެވެ. ދިރާގުން ވަނީ މިއަހަރު ބޭއްވި އެވޯޑް ހަފުލާގައި މުވައްޒަފުންނަށް ދިން އެވޯޑްތައް އައު ބްރޭންޑިންގ އާއި އެއްގޮތަށް ފަރުމާކޮށްފަ އެވެ.

ދިރާގުގެ 29 ވަނަ އަހަރީ ހަފްލާގެ ތެރެއިން

ދިރާގުން ބުނިގޮތުގައި އެ ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ މުވައްޒަފުން ކަމަށާއި މުވައްޒަފުންގެ މަންފާ އާއި ކުރިއެރުމަކީ ކުންފުނިން ވަރަށް ބޮޑަށް އިސްކަން ދޭ ކަމަށް ބުންޏެވެ.
“މާލީ އިނާޔަތްތަކުގެ އިތުރުން މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަޝަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. ދިރާގު އެނުއަލް އެވޯޑްސް އަކީ މި މޭރުމުން ދިރާގުން ހިންގާ ގިނަހަރަކާތްތަކުގެ ތެރެއިން އެއް ކަމެވެ،” އިނާމު ދިނުމުގެ ޖަލްސާއާ ގުޅޭގޮތުން ދިރާގުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ދިރާގުގެ 29 ވަނަ އަހަރީ ހަފްލާގެ ތެރެއިން

ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 29 އަހަރު އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުންޏެވެ. 600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން ދާއިރު، މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު، މީހުން ބިނާކުރުމާއި މުވައްޒަފުންނަށް ފޯރުކޮށްދޭ އެކި މަންފާތަކާއި އިނާޔަތްތަކުގެ ސަބަބުން ދިރާގަކީ ސައްތައަކުން 99 ދިވެހި މުވައްޒަފުން ހިމެނޭ ކުންފުންޏެކެވެ.

ދިރާގުން އައުޓްސްޓޭންޑިން ލީޑާސް އެވޮޑް ލިބުނު މުވައްޒަފުން.—ފޮޓޯ: ދިރާގު

ދިރާގުން ބުނިގޮތުގައި މިއަހަރަކީ އެ ކުންފުންޏަށް ފަހުރުވެރި 30 އަހަރު ފުރޭ އަހަރަށް ވާއިރު، ޑިޖިޓަލް މުސްތަގްބަލަށް ކުންފުނީގެ ކަސްޓަމަރުން އަހުލުވެރިކޮށް ކުރިއެރުވޭނެގޮތް މަގުފަހި ކުރަން ދިރާގުން ދަނީ ކެނޑިނޭޅި މުވަޒަފުންގެ ފެންވަރު މަތިކޮށް ތަމްރީނާއި ހުނަރު ބިނާކުރުމުގެ ފުރުސަތުތައް ފޯރުކޮށްދެމުންނެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ޓެލެކޮމް ކުންފުނީގެ ގޮތުގައި އޮތް ދިރާގުން، މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އިނާމު ދިނުމުގެ ޖަލްސާ މެދުނުކެނޑި ބާއްވަމުން އަންނަތާ މިހާރު ވަނީ 29 އަހަރު ވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.