ރައްޔިތުންގެ ހާލު ބެއްލެވުމަށް ފަސްޓް ލޭޑީ ފާތުން ބ. އަތޮޅުގައި

ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް މިއަދު ދަރަވަންދޫއަށް ވަޑައިގަތުމުން އެކަމަނާ އަށް މަރުހަބާ ކިޔަނީ

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ރައްޔިތުންގެ ހާލު ބެއްލެވުމަށް މިއަދު ބ. އަތޮޅަށް ވަޑައިގެންފި އެވެ.

ޕީޕީއެމުން ބުނީ ފަސްޓް ލޭޑީ ބ. އަތޮޅަށް ވަޑައިގަތީ މިއަތޮޅުގެ ރަށްރަށުގައި ދިރިއުޅޭ މީހުންގެ ހާލު ބައްލަވާލައްވައި އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ބައްދަލު ކޮށް އެމީހުންނަށް ބޭނުންވެފައިވާ ކަންކަން އޮޅުން ފިލުއްވައި ވީހާވެސް އަވަސް ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ.

ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް މިއަދު ފުވައްމުލަކަށް ވަޑައިގަތުމުން އެކަމަނާ އަށް މަރުހަބާ ކިޔަނީ

އެކަމަނާގެ އަރިހުގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އާއި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދާއި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ބައިވެރިވެވަޑައިގަންނަވަ އެވެ.

ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް ބ. ދަރަވަންދޫގައި

އީޓީ އަށް އެނގިފައިވާ ގޮތުގައި ފަސްޓް ލޭޑީގެ ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި ބ. އަތޮޅުގައި މީހުންއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ އެވެ. އޭދަފުއްޓަށް ވަޑައިގަންނަވާނީ ބުދަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.