ސެމްސަންގް ނޯޓް 9 އަށް ދިރާގުން ޕްރީ އޯޑަރު ނަގަން ފަށައިފި

ސެމްސަންގް ނޯޓް 9

ސެމްސަންގުން އަލަށް ތައާރަފްކުރި ނޯޓް 9 އަށް ދިރާގުން ޕްރީ އޯޑަރު ނަގަން ފަށައިފި އެވެ.

ދިރާގުން ބުނީ ނޯޓް 9 އަށް އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އޯޑަރު ކުރެވޭނެ ކަމަށެވެ. ކޮންމެ ކަސްޓަމަަރަަކަށްވެސް ޕްރިއޯޑާ ކުރެވޭނީ އެންމެ ފޯނެކެވެ.

ދިރާގު މެދުވެރިކޮށް ނޯޓް9 ނަގާ ކަސްޓަމަރުންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހެއްގައި ފަސް ޖީބީގެ ހިލޭ ޑާޓާ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޕްރިއޯޑާ ކުރާ ކަސްޓަމަރުންނަށް އޯޑަރު ކރާ ތަރުތީބުން، ހިލޭ ބްލޫޓޫތް ސްޕީކަރެއް ދޭގޮތަށްވެސް ދިރާގުން ވަނީ ހަމަޖައްސާފައެވެ.

ދިރާގުން އިންސްޓޯލްމެންޓް ޕްލޭންތައް މެދުވެރިކޮށް ފޯން ނެގޭނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެކަންޏެވެ. އަދި ފުލްޕޭމެންޓް އެއްކޮށް ދައްކައިގެންވެސް ފޯން ނެގޭ ގޮތަށް ދިރާގުން ވަނީ ހަމަޖައްސާފައެވެ.

ނޯޓް 9 ވިއްކާ އަގުތަކާއި، އިންސްޓޯލްމެންޓަށް ދޫކުރާ އަގުތަކާއި އަދި އެހެނިހެން މައުލޫމާތުތައް ދިރާގުވެ ވެބްސައިތްގައި ވަނީ އާއްމުކޮށްފަ އެވެ.

ސެމްސަަންގ ނޯޓް9ގެ 128ޖީބީ އަދި 512 ޖީބީގެ ފޯންތަކަށް މިހާރު ޕްރިއޯޑަރު ކުރެވޭއިރު، މި ސައިޒްތަކުގެ ތިން ކުލައެއް ލިބޭނެކަމަށް ދިރާގުން މައުލޫމާތުދެެއެވެ. އެއީ މިޑްނައިޓް ބްލެކް، އޯސަން ބްލޫ، އަދި މެޓަލިކް ކޮޕާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.