
އޭދަފުށީ ކްލަބް ދަ ބިގިނާސް އިން އިންތިޒާމުކޮށްގެން ރޯދަމަހު ބާއްވަމުން އަންނަ ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތް ރޯދަމަހުގެ ތިންވަނަ ދުވަހުގެރޭ ފަށާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
މީގެ ތިން އަހަރު ކުރިން ކޮންމެ ރޯދަ މަހަކު އޭދަފުށީ ޒުވާނުންގެ މަރުކަޒުގެ ފުޓްބޯޅަ ދަނޑުގައި ދަ ބިގިނާސް އިން ބާއްވަމުން އަންނަ މި މުބާރާތް ޖުލައި 11 އިން ފެށިގެން ޖުލައި 22 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
އޭދަފުށީ މަލްޓިޕާސް ހޯލުގައި ބޭއްވި ގުރުލުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ވާދަކުރާ 16 ޓީމު ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފަ އެވެ. ގްރޫޕް އޭ ގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް އާއި ދަ ބްލޫސް އާއި ރިއަލް ފްރެންޑް އަދި އެކްސްކާސަން އެވެ.
ގްރޫޕް ބީ ގައި ހިމެނެނީ އޭދަފުށީ ޕޮލިސް އާއި ވެލާ ސްޕޯޓްސް އާއި ބީއެސްކޭ އަދި އެފްސީ ޑޮލަ އެވެ. ސަޖީ އެންޑް ފްރެންޑްސް އާއި ވީ ކޮމްބިނޭޝަން އާއި އާމިގޯސް އަދި އޯއެމްއޯ ފްރެންޑްސް ހިމެނެނީ ގްރޫޕް ސީގަ އެވެ.
ގްރޫޕް ޑީ ގައި ހިމެނެނީ އައިލެންޑް ޝާކް އާއި އެފްސީ ސޫޕް އާއި އެފްސީ ހަބޭސް އަދި އެޗްއޭ ޔުނައިޓެޑް އެވެ.