އެންމެ ބޮޑު ފިހާރަ ހިންގުމުގެ ޝަރަފު ރެޑްވޭވް ސަލީމަށް

ޑްވޭވުން ހުޅުމާލޭގައި ހުޅުވި ރެޑްވޭވްގެ “މެގަމޯލް”: މިއީ ރާއްޖޭގައި ހެދި އެންމެ ބޮޑު ޑިޕާޓްމަންޓް ސްޓޯރު.— ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ރާއްޖޭގެ އެންމެ ބޮޑު ފިހާރަ، “ރެޑްވޭވް މެގަ މޯލް” އިއްޔެ ހަވީރު ހުޅުވައިފި އެވެ. ރާއްޖޭގައި މިހާރު ހުރި އެންމެ ބޮޑު ފިހާރަ ހިންގުމުގެ ޝަރަފު ލިބެނީ އޭދަފުއްޓަށް އުފަން މަޝްހޫރު ވިޔަފާރިވެރިޔާ، އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމަށެވެ.

އޭނާގެ، މަޝްހޫރު “ރެޑްވޭވް” ގެ ލޯގޯގެ ދަށުން ހުޅުމާލޭގައި އިއްޔެ ހަވީރު ހުޅުވި “މެގަ މޯލް” އަކީ މިހާރު ރާއްޖޭގައި ހިންގާ އެންމެ ބޮޑު ފިހާރައެވެ. ހުޅުމާލޭ ދުވާ ޓްރެކް ދަނޑު ކުރިމަތީގައި ހަތަރު ބުރިއަށް ހަދާފައިވާ މި ބޮޑު ފިހާރައިން ލައްކަ އަކަށް ވުރެ ގިނަ އައިޓަމްސް ލިބެން ހުންނާނެ ކަމަށް ރެޑްވޭވުން ބުނެ އެވެ.

މިހާރު ވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާކުރިކުރާ ކުންފުނިން ބުނީ ހުޅުމާލޭގައި އަލަށް ހުޅުވި ފިހާރާގައި ލައްކައަކަށް ވުރެ ގިނަ އައިޓަމް ލިބެން ހުންނާނެ ކަމަށެވެ. ފިހާރައިގެ ފުރަތަމަ ފްލޯއަށް އަރައި ފޭބުމަށް ދެ އެކްސްކަލޭޓަރު ވެސް ވަނީ ހަރުކޮށްފަ އެވެ. އޭގެ އިތުރުން ގްރައުންޑް ފްލޯއިން ފެށިގެން ހުރިހާ ފްލޯއަކަށް އަރަން ލިފްޓް ވެސް ބަހައްޓާފައިވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ފިހާރަ ރެޑްވޭވްގެ “މެގަމޯލް” ހުޅުވުމާއެކު ކަސްޓަމަރުން އިއްޔެ ހަވީރު ބާޒާރު ކުރަނީ: ފުރަތަމަ ދުވަހު ވެސް އެތަނަށް އޮތް ޑިމާންޑު ވަރަށް ބޮޑު.—ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ގާތްގަނޑަކަށް 8،000 އަކަފޫޓުގެ ބިމެއްގައި ހެދި ފިހާރައިގެ ގްރައުންޑް ފްލޯ ހާއްސަ ކޮށްފައި ވަނީ އިލެކްޓްރޯނިކް އަދި ގޭތެރެއަށް ބޭނުންވާ ސާމާނު ވިއްކުމަށެވެ. ފުރަތަމަ ފްލޯގައި ވިއްކާނީ ކެއުންބުއިމާއި ކޮސްމެޓިކްސް ފަދަ ސާމާނެވެ. އަދި ދެވަނަ އަދި ތިންވަނަ ފްލޯ ހާއްސަ ކޮށްފައި ވަނީ ފަރުނީޗަރުގެ ބާވަތްތައް ވިއްކުމަށް ކަމަށް ރެޑްވޭވުން ބުނެއެވެ.

މިއީ އެ ކުންފުނިން ހުޅުމާލޭގައި ހުޅުވި ދެވަނަ ފިހާރަ އެވެ. މީގެ ކުރިން އެ ކުންފުނިން ހެދި “ރެޑްވޭވް ސިޓީ ސްކެއާ” ހުޅުވީ 2016 ވަނަ އަހަރުގެ ކުރީކޮޅު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.