ވިއްސާރަވުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ހިނގާބިގާ އުޅުމަށް ދަތިވެފައި

އޭދަފުއްޓަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައިވާތީވެ، ހިނގާބިގާ އުޅުމަށް ދަތިވެއްޖެ އެވެ.

އިރުވައި މޫސުމުގެ ގަދަވަޔާއިއެކު މިދުވަސްކޮޅު ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ދަނީ ވިއްސާރަވެހެމުންނެވެ. އަދި ބައެއްރައްތަކަށް އުދައެރުމުގެ ހާދިސާތަކާވެސް ދަނީ ކުރިމަތި ވަމުންނެވެ.

އޭދަފުށީގެ މަގުތަކަކީ ރަނގަޅު ފެންވަރަކަށް ހެދިފައިވާ މަގުތަކަކަށް ނުވާތީވެ، ކިރިޔާ ވިއްސާރަކޮޅެއްވެހެލިޔަސް މަގުތަކުގައި ފެންބޮޑުވެއެވެ. ވުމާއިއެކު މިހާރުވެސް ރަށުގެ ގިނަމަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންގަނޑު ހެދިފައެވެ.

އެގޮތުން ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށާއި މުހިންމު ބޭނުންތަކުގައި ބޭރަށް ނިކުންނަންޖެހޭ މީހުންނަށް ވަރަށް ބޮޑަށްވަނީ އުނދަގުލާއި ކުރިމަތިލާން ޖެހިފައެވެ. އަދި މިރަށަކީ ނިސްބަތުން އެއްގަމު އުޅަނދު ގިނަ ރަށަކަށްވެފައި އެ އުޅަނދު ފަހަރު ދުއްވުމުގައިވެސް މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ.

ވިއްސާރަ ވެއްޖެނަމަ އޭދަފުށީގެ މަގުތަކަކީ އަބަދުވެސް ފެންގަނޑު ހެދޭމަގުތަކަކަށް ވާތީވެ، ރަށުކައުންސިލުންވެސް ވަނީ އެކިފަހަރުމަތިން ފެންގަނޑު ހެދޭހިސާބުތަކަށް ވެލިވެސް އަޅާފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެކަމަށް މާބޮޑު ހައްލެއް ލިބިފައި ނުވާކަންވެސް ފާހަނގަ ކުރެވެއެވެ.

ކުރިއަށް އޮތް ދެ ދުވަހަކީވެސް ގަދަވަޔާއި އެކު ވިއްސާރަވާނެކަމަށް ލަފާކުރާ ދެދުވަސް ކަމަށް ވާތީވެ ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށްވެސް މެޓް އޮފީހުން ވަނީ އަންގާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.