ބޮޑު އީދާ ދިމާކޮށް ދިރާގުން ޚާއްސަ ޑޭޓާ ޕެކްތަކެއް ތައާރަފުކޮށްފި

ބޮޑު އީދާ ދިމާކޮށް ދިރާގުން ޚާއްސަ ޑޭޓާ ޕެކްތަކެއް މިއަދު ތައާރަފުކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނިން ބުނީ މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް ދިރާގުން “ބޮޑު އީދަށް ބޮޑު ޑޭޓާ ޕެކް” ގެ ނަމުގައި ވަރަށް ޚާއްސަ ޑޭޓާ ޕެކްތަކެއް ތައާރަފު ކޮށްފައިވާ ކަމަށެވެ.

ދިރާގުން އީދަށް ތައާރަފު ކޮށްފައިވާ “އީދު ޕެކެޖު 1” ގައި ފަސް ޖީބީ ހިމެނެ އެވެ. މި ޕެކޭޖުގެ އަގަކީ 250ރ. އެވެ. އަދި ދެން ހުރި “އީދު ޕެކޭޖު 2” ގެ 10 ޖީބީ އެވެ. މީގެ އަގަކީ 350ރ. އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނީގެ މި ޑޭޓާ ޕެކްތައް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުން، ޝޭރާ އަދި ދިރާގު އައު ޕްރީޕެއިޑް ގެންގުޅޭ ކަސްޓަމަރުންނަށް މިމަހުގެ 17 އިން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ނެގޭނެ އެވެ.

ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް މި ޑޭޓާ ޕެކްތައް 30 އޮގަސްޓް 2018 ގެ ނިޔަލަށް ބޭނުން ކުރެއްވޭނެ އެވެ. އަދި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ޕެކް އެކްޓީވޭޓް ކުރައްވާ ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ބޭނުން ކުރެއްވޭނެ އެވެ.

މި ޑޭޓާ ޕެކް ތައް ބައްލަވައިގަތުމަށް ދިރާގު އެޕް ބޭނުން ކުރެއްވޭނެއެވެ. އަދި #*123*6*5 އަށް ގުޅައިގެން ނުވަތަ ADD(space)Keyword ޖެއްސެވުމަށް ފަހު 343 އަށް އެސް އެމް އެސް ކުރައްވައިގެންވެސް މި ޑޭޓާ ޕެކް ތައް ބައްލަވައިގަނެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.