ފުޑް ފެސްޓިވަލަކުން ގޮއިދޫގައި އީދު ކުޅިވަރުތައް ފަށައިފި

ބޮޑު އީދު ފާހަގަ ކުރުމަށް ގޮއިދޫގައި ބޭއްވި ފުޑް ފެސްޓިވަލް- އީޓީ ފޮޓޯ/ޒުހުދާ

ބޮޑު އީދުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބ. ގޮއިދޫގައި ފުޑް ފެސްޓިވަލެއް ބާއްވައިފި އެވެ.

ގޮއިދޫގައި ރޭ މި ހަރަކާތް ކުރިއަށް ގެންދިޔައީ އެރަށު ރައްޔިތުން ގްރޫޕް ތަކަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެ ގްރޫޕެއް ހިމެނޭ ސަރަހައްދުގެ ބޮޑު މަގުމައްޗަށް ކާ އެއްޗެހި ނެރޭގޮތަށެވެ.

އީދު ކުޅިވަރުތައް އިންތިޒާމުކުރާ ގޮއިދޫ ޔޫތު ސޮސައިޓީން ބުނީ މިއީ ކޮންމެ އަހަރެއްގެ ވެސް އީދުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބާއްވާ ފުރަތަމަ އިވެންޓް ކަމަށެވެ. މި ފަހަރުގެ ފުޑް ފެސްޓިވަލުގައި 9 ގްރޫޕަކުން ބައިވެފައިވާ ކަމަށާއި މިއިން ކޮންމެ ގްރޫޕަކުންވެސް 200 ވަރަކަށް އައިޓަމް ހުށައަޅާފައިވާ ކަމަށްވެސް ގޮއިދޫ ޔޫތު ސޮސައިޓީން ބުންޏެވެ.

ބޮޑު އީދު ފާހަގަ ކުރުމަށް ގޮއިދޫގައި ބޭއްވި ފުޑް ފެސްޓިވަލް- އީޓީ ފޮޓޯ/ޒުހުދާ

ޔޫތު ސޮސައިޓީން ބުނީ ގޮއިދޫ ރައްޔިތުންގެ މެދުގައި ފޯއިރާއި އެކު ކުރިއަށްދިޔަ މިފެސްޓިވަލުގައި ބައިވެރިވެ އައިޓަމް ހުށައަޅާ ފަރާތްތަކުގެ މެދުގައި ވާދަކޮށް ވަނަ ވަނަ އަށް ދާ ފަރާތްތަކަށް އިނާމު ދިނުން އޮންނާނީ ބޮޑު އީދު ނިމުމުން ކަމަށެވެ.

ގޮއިދޫގައި މިފަހަރު އީދުގައި ކުޅޭ ކުޅިވަރުތަކުގެ ތެރޭގައި ވޮލީ ފުޓުބޯޅަ ފަދަ ކުޅިވަރުތައް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.