ކިޔުންތެރިންގެ ކޮމެންޓްތަކަށް އީޓީން ދޭ ޖަވާބު

އީޓީގެ އާ ވެބްސައިޓާ ބެހޭ ގޮތުން ވަރަށް ގިނަ ކޮމެންޓްތައް ވަނީ ލިބިފަ އެވެ. މީގެ ތެރޭގައި ފޯނުން ލިބިފައިވާ އެކިއެކި ކޮމެންޓްތައް ވެސް ހިމެނެ އެވެ. ހުރިހާ ބޭފުޅުންނަށް ޝުކުރިއްޔާ އެވެ!
އާ ވެބްސައިޓްގެ ޑިޒައިން ރަނގަޅު ކަމަށް އެންމެން ވެސް އެއްބަސްވެ އެވެ. އެހެންވެ، ބަލާލަން ފަސޭހަ ވެބްސައިޓަކަށް މި ވެބްސައިޓް ވެއްޖެ އެވެ. ތިރީގައި މި ވަނީ ހުށަހަޅާފައިވާ ބައެއް ހިޔާލުތަކަށް އީޓީން ދޭ ޖަވާބުތަކެވެ؛
* މި ވެބްސައިޓް ހަގީގަތުގައި ޑިޒައިންކޮށްފައި ވަނީ މޮޒިއްލާ ފަޔާ ފޮކްސް ބްރޯޒާ އަށެވެ. އެހެންވެ، ގޫގުލް ކްރޯމާއި އިންޓަނެޓް އެކްސްޕްލޯރާ ގައި މި ވެބްސައިޓްގެ ބައެއް މައްސަލަތައް ހުރެދާނެ އެވެ.
* ވަރަށް ގިނަ ބޭފުޅުން ވިދާޅުވަނީ ފޮންޓްގެ ވާހަކަ އެވެ. ކޮންމެ ވެބްސައިޓެއް ބަލަން ވެސް އެކަމަށް ހާއްސަ ފޮންޓްތަކެއް ވެބްސައިޓްގައި ހުރެ އެވެ. އެ ވެބްސައިޓް ބެލޭނީ އެ ފޮންޓްތައް އަޅައިގެންނެވެ. އީޓީގައި ބޭނުންމި ކުރަނީ އީޓީ އަށް ހާއްސަ ފޮންޓްތަކަކަށް ވާތީ އެ ފޮންޓްތައް ވެސް ތިޔަ ބޭފުޅުން ޖެހިވަޑައިގަންނަވާނީ އިންސްޓޯލް ކުރައްވާށެވެ! އެކަން މިހާރު ވެސް ތިޔަބޭފުޅުންނަށް ކުރެއްވިދާނެ އެވެ. މި ލިޔުމުގެ މަތީގައި ފޮންޓް ޖަހާފައި އިން ތަނަށް ފިއްތަވާލައްވައިގެން ކޮމްޕިއުޓަރުގެ ކޮންޓްރޯލް ޕެނަލް އަށް ވަޑައިގެން ފޮންޓް އަޅުއްވާށެވެ. މި ވެބްސައިޓްގައި މި ބޭނުންކުރަނީ “ހަވީރު” ނޫހުގައި ވެސް ބޭނުންކުރާ ފޮންޓެވެ. އެހެން ނަމަވެސް، ހަވީރު ރީތިކޮށް ފެނުނަސް، މި ވެބްސައިޓް ބަލަން ޖެހޭނީ ހަމަ ފޮންޓް އިންސްޓޯލް ކުރައްވައިގެންނެވެ.
* ބައެއް ރިސޯޓުތަކުގައި އުޅުއްވާ ބޭފުޅުން ގުޅުއްވާފައި ފޮންޓް އިންސްޓޯލް ނުވާ ވާހަކަ ވިދާޅުވެ އެވެ. އެހެން އެވަނީ ނެޓްވޯކް އަޅާފައި ވާތީ އެކަމަށް އެކި ކޮމްޕިއުޓަރުތަކަށް ހުއްދަ ނޯންނާތީ އެވެ. އެހެންވެ، އެ ރިސޯޓެއްގެ ކޮމްޕިއުޓަރު ޓެކްނީޝަނަކާ ވާހަކަ ދައްކައިގެން އެކަން ހައްލު ކުރައްވާށެވެ.
* ވެބްސައިޓް ޑިޒައިންކޮށްފައިވާ ގޮތުން ފެށޭ ސޮފުހާގައި ހުސް ޖާގަ ހުރެދާނެ އެވެ. އެކަން ހައްލު ކުރާނަމަވެ.
* ފަހުގެ ކޮމެންޓްތައް މައްޗަށް އަރާ ގޮތަށް މިހާރު ވާނީ ބަދަލުކޮށްފަ އެވެ.
* ޔުނިކޯޑް ފޮންޓް ކީބޯޑަކަށް ބަދަލު ނުކުރީ ވަރަށް ގިނަ މީހުން މިހާރު ވެސް އެކްސެންޓް ކީބޯޑު ބޭނުންކުރާތީ ތިޔަބޭފުޅުންނަށް ފަސޭހަ ވާނެ ކަމަށެވެ.
* ސާޗް ބަޔާއި އާކައިވް ބައި ހެދުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ. އެކަން ވަރަށް އަވަހަށް ނިމޭނެ އެވެ.
* ބަސްތައް ރިޕީޓް ވާ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އެހެން އެވަނީ ބޭނުން ކުރައްވާ ބްރޯޒާއެއްގެ ގޮތުން ކަމަށް ވެދާނެ އެވެ. ފަޔާ ފޮކްސް ބޭނުންކުރައްވާށެވެ.!
* ހުރިހާ ކެޓަގަރީއެއް ވެސް އަޕްޑޭޓް ކުރަން އަޅުގަނޑުމެން ބޭނުމެވެ. އެހެން ނަމަވެސް، ރާއްޖޭގެ ބޮޑު ދުވަހު ނޫހެއް ފަދައިން ބޮޑު ބިޔަކޮށް އަދި ހިންގެން ނެތީ އެވެ. އެކަމަށް މަސައްކަތް އެބަ ކުރަމެވެ.
* އިނގިރޭސި ބައިގައި ކޮމެންޓް ބައި ހިމެނުމުގެ މަސައްކަތް އެބަ ކުރެވެ އެވެ. އަދި ޕްރިންޓް ކުރެވޭނެ ގޮތް ވެސް ހަދާނަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.