
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ސިޔާސަތު ރަށޫ ފެންވަރުގައި ބ. އޭދަފުށީގައި އިފްތިތާހްކޮށްފި އެވެ.
“މަޖާކުރުން، ބިރަކާނުލައި ފޫހިފިލުވުން” ކުޅިވަރާ މުނިފޫހިފިލުވުމެގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުމަށް އިއްޔެ ހަވީރު އޭދަފުށީގައި ބޭއްވި ހާއްސަ ހަރަކާތުގައި މި ސިޔާސަތު އިފްތިތާހްކޮށްދެއްވި މާފަންދު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
“މަޖާކުރުން، ބިރަކާނުލައި ފޫހި ފިލުވުން” މި ސިޔާސަތު އިފްތިތާހް ކުރުމަށް އޭދަފުށީ ސްޓޭޖް ސަރަހައްދުގައި ކުރިޔަށް ގެންދިޔަ ހާއްސަ ހަރަކާތުގައި ވަނީ ފުޓްސަލް މެޗުތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
އެމްޑީޕީގެ ކުޅިވަރާއި މުނިފޫހިފިލުވުމުގެ އެމްޑީޕީގެ ސިޔާސަތު ލޯންޗްކޮށްދެއްވަމުން މިދިޔަ ހުކުރު ދުވަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ޒުވާނުންނަށް ގިނަ ވައުދުތަކެއް މިއަދު ވެވަޑައިގެންފި އެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ކުޅިވަރުގައި ބައިވެރިވެވޭނެ މަގު ފަހިކޮށް، ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމަށް ނަޝިދުވަނީ ވިދާޅުވެ ފައެވެ. އަދި ހުރިހާ ރަށެއްގެ ބޯޅަދަނޑުގެ ފަސްގަނޑު އެއްވަރުކޮށްދީ، ވިނަ އިންދައި އެހެން ވެސް ކުޅިވަރުތައް ބާރު ސްޕީޑުގައި ކުރިއެރުވުމަކީ އެ ޕާޓީން ކުރާނެ ކަމެއް ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދުނިޔޭގެ މަޝްހޫރު ކްލަބްތަކަށް ޗުއްޓީ ހޭދަކުރެވޭނެ ގޮތަށް ކުޅިވަރުތައް ފަރިތަކުރެވޭނެ ރިސޯޓެއް ގާއިމްކުރަން ވަނީ ނިންމައިފަ އެވެ. އެ ރިސޯޓަކީ ސްޕޯޓްސް މަންޒިލެއްގެ ގޮތުގައި އެމްޑީޕީން ހަދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ސިޔާސަތު 20 އަތޮޅުގެ 20 ރަށެއްގައި އިއްޔެވަނީ ރަށު ފެންވަރުގައި އިފްތިތާހު ކޮށްފަ އެވެ.
“މަޖާކުރުން، ބިރަކާނުލައި ފޫހިފިލުވުން” މި ޢިބާރާތް ފެނުމުން އަޅުގަނޑުގެ ހަނދާނަށް އައީ އިސްލާމީ ތާރީޚުގައި ސަދޫމަށް ވެގެން ދިޔަގޮތް. ވިސްނަވާ ލެއްވުން މުހިންމު.
ބޮންޑާއަށް އެނގޭނީ ވާދަމަން. މަޖްލިސް ހުއްޓުވަން . އޭދަފުއްޓަށްޤޮސްކޮން ކުޅިވަރެއް. އޭދަފުށިމީހުން ކުޅިވަރު ދަސްކުރީ އޭދަފުށީ ދަރިފަސްކޮޅުގެ އެހީގައި. އެކަން އޭދަފުށިގެ ކޮންމެ ދަރިއަކުވެސް ހެކިވާނެ. ކޮންބޮންޑާއެއް؟؟؟؟؟؟؟