ދިރާގުން ގެލެކްސީ ނޯޓްް 9 މާދަމާރޭ ވިއްކަން ފަށަނީ

ސެމްސަންގްގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ ނޯޓް 9 ރާއްޖޭގައި މާދަމާ ރޭ ރަސްމީކޮށް ތައާރަފްކޮށް، ވިއްކަން ފަށާ ގޮތަށް ދިރާގުން ހަމަޖައްސައިފި އެވެ.

ދިރާގުން ބުނީ، މި ފޯނު ރަސްމީކޮށް ވިއްކަން ފެށުމަށްޓަކައި އެ ކުންފުނީގެ މައި އޮފީހުގައި ބާއްވާ ހާއްސަ ހަފުލާގައި، ފޯނު ގަންނަން އޯޑަރު ދިން ކަސްޓަމަރުންނަށް ފޯނު ހަވާލުކުރުން އޮންނާނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުން، ގެލެކްސީ ނޯޓް 9 ގަންނަން އޯޑަރު ދިން ކަސްޓަމަރުންނަށް އަންނަ ހަފުތާއިން ފެށިގެން، އެ ކަސްޓަމަރަކާ އެންމެ ގާތް ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރަކުން ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގު މެދުވެރިކޮށް ނޯޓް9 ނަގާ ކަސްޓަމަރުންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހެއްގައި ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން އޭކޭޖީ ބްރޭންޑްގެ ބްލޫޓޫތް ސްޕީކަރެއްވެސް ޕްރީ އޯޑާ ކުރި ކަސްޓަމަރުންނަށް ލިބޭނެއެވެ.

ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓަރެވެ. ދިރާގުން 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާ ގުޅިގެން އަންނަނީ ރާއްޖޭގައި ސެމްސަންގްގެ ފޯނުތައް ރަސްމީކޮށް ތައާރަފުކޮށް ވިއްކަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.