އިދިކޮޅު ރަނިންންމޭޓު ފައިސަލް ބ. އަތޮޅުގައި

އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް ބ. ފުޅަދޫއަށް ކުރެއްވި ކެމްޕޭން ދަތުރުގައި އެރަށަށް ވަޑައިގަތުމުން އެބޭފުޅާއަށް މަރުހަބާ ދަންނަވަނީ.– ފޮޓޯ: އެމްޑީޕީ

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ބ. އަތޮޅަށް ވަޑައިގެންފި އެވެ.

ބ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުގައި މިއަދު ހެނދުނު ފައިސަލް އެންމެ ފުރަތަމަ ވަޑައިގަތީ ފުޅަދޫ އަށެވެ. އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ފައިސަލް ވިދާޅުވީ އިދިކޮޅު ވެރިކަމެއްގައި މުޅި ވިސްނުން އޮންނާނީ ގައުމާއި ރައްޔިތުންނަށްޓަކައި ކަމަށެވެ. ކުޑަ ރަށަކަށްވީތީ ތަފާތު ކުރުން ގެންގުޅުމަކީ ގަބޫލު ކުރާ ކަމެއް ނޫންކަމަށާއި އަދި އިދިކޮޅު ވެރިކަމެއްގައި ވަކި ރަށަކަށްވީތީ ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށް ވެސް ފައިސަލް ވިދާޅޫވި އެވެ.

އަދި އިދިކޮޅު ވެރިކަމެއްގައި ލަފާފުރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށާއި ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމު ވެސް ވަރުގަދަ ކުރާނެ ކަމަށް ފުޅަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ފައިސަލު ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް ބ. ފުޅަދޫއަށް ކުރެއްވި ކެމްޕޭން ދަތުރުގައި އެރަށަށް ވަޑައިގަތުމުން އެބޭފުޅާއަށް މަރުހަބާ ދަންނަވަނީ.– ފޮޓޯ: އެމްޑީޕީ

އެއަށްފަހު ފެހެންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ފައިސަލް ވިދާޅުވީ ސަރުކާރުން ފުލުހުންނަށް ނުފޫޒު ފޯރުވިޔަސް، އިދިކޮޅު ވެރިކަމެއްގައި އެންމެ ބޭނުންވާ ކަމަކީ ފުލުހުންނަކީ ޝަރަފުވެރިކަމާއި ކަރާމާތާއެކު ގާނޫނުން ކަނޑައަޅާފައި އޮތް ކަންކަން ކުރާ ބަޔަކަށް ވުން ކަމަށެވެ. އަދި އިދިކޮޅު ވެރިކަމެއްގައި ފުލުހުން މަސައްކަތް ކުރާނީ ރައްޔިތުންނާ ގާތުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް ބ. ފެހެންދޫއަށް ކުރެއްވި ކެމްޕޭން ދަތުރުގައި އެރަށަށް ވަޑައިގަތުމުން އެބޭފުޅާއަށް މަރުހަބާ ދަންނަވަނީ.– ފޮޓޯ: އެމްޑީޕީ

“ފުލުހުން ދުވާނީކީ ބެނާ ނައްޓާކަށް ނޫން. މަގުމަތީގައި ހުންނަ ފޮތިގަނޑުތައް ނައްޓާކަށް ނޫން. ހޮޅިދަނޑިއަށް އަރައި ދިދަ ތިރި ކުރާކަށް ނޫން. ބޮޑެތި އުސް ރުށްތަކަށް އަރައި ރުށްތަކުގެ މަތީގައި ހުންނަ ފޮތިތައް ބާލާކަށް ނޫން. މިއަދު ވަރަށް ހަޑި ހުތުރު ކަންކަން ސަރުކާރުން ފުލުހުން ލައްވާ ކުރުވަނީ،” ފައިސަލް ވިދާޅުވި އެވެ.

މި ދަތުރުފުޅުގައި ފައިސަލު ދެން ވަޑައިގެންނެވީ މިއަތޮޅު ހިތާދޫއަށެވެ. މިއަދު މެންދުރު އެރަށަށް ވަޑައިގަތުމުން އެރަށު ބަނދަރު ސަރަހައްދުން ވަނީ ބެރު ދުންމާރީގެ މަރުޙަބާއެއް ދަންނަވާފައެވެ.

އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް ބ. ހިތާދޫއަށް ކުރެއްވި ކެމްޕޭން ދަތުރުގައި އެރަށަށް ވަޑައިގަތުމުން ފައިސަލާއެކު ސެލްފީއެއް ނަގަނީ.– ފޮޓޯ: އެމްޑީޕީ

ފައިސަލްއާއެކު ހިތާދޫ އަށް އުފަން ގާނޫނީ ވަކީލް ހިސާން ހުސެން ވެސް ވަނީ އެރަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު މަލީހުގެ އިތުރުން އެޕާޓީގެ ސެކެއްޓްރީ ޖެނެރަލް އަހުމަދު ސަމީރު ބައިވެރިވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގައި ފައިސަލް ތުޅާދޫ، ދަރަވަންދޫ، ދޮންފަނު، ކެންދޫ، އަދި ކިހާދޫއަށް ވެސް ވަޑައިގެންނަވާނެއެވެ. ފައިސަލްގެ މިދަތުރުގައި ބާއްވާ ބޮޑު ޖަލްސާ އޮންނާނީ މިރޭ ދަރަވަންދޫގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.